ޚަބަރު

އައިކޮމް އިން ހުށަހެޅީ ކުރީ ސަރުކާރުން މައުލޫމާތު ނުދިން މައްސަލަ: ރައީސް އޮފީސް

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު -- ފޮޓޯ: ރައީސް އޮފީސް

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ރައީސް އޮފީހާ ދެކޮޅަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އިއްޔެ ހުށަހެޅީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން މައުލޫމާތު ނުދިން މައްސަލައެއް ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

Ads by STELCO

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ރައީސް އޮފީހުން ހޯދަން އެދުނު މައުލޫމާތެއް ދިނުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އެންގެވި އެންގެވުމަށް އަމަލުނުކޮށްގެން އެ މައްސަލަ ޕީޖީއަށް ހުށަހެޅީ އިއްޔެ އެވެ. މި މައްސަލައިގައި ޖިނާއީ ކުށެއްވޭތޯ ބެލުމަށް ޕީޖީން ވަނީ މިއަދު ފުލުހުންނަށް އަންގާފަ އެވެ. އެ މައްސަލަ އައިކޮމްއަށް ހުށަހެޅީ ޝިފާން އަހުމަދު ކިޔާ މީހެކެވެ.

އެ ގާނޫނުގައި ބުނާގޮތުން، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަކާމެދު އިސްތިއުނާފުނުކޮށް، އަދި އެ ނިންމުމަށް އަމަލުވެސް ނުކޮށް ވަނިކޮށް 45 ދުވަސް ފާއިތުވެއްޖެނަމަ، އެ ފަރާތަކާމެދު، ގާނޫނީ ގޮތުން ކޮށްފައިވާ އަމުރަށް ނުކިޔަމަންތެރިވުމުން އަމަލުކުރާ އުސޫލުން އަމަލުކޮށްދިނުމަށްޓަކައި ޝަރުއީ ކޯޓަށް ފޮނުވުމަށް އެދި، ޕީޖީއަށް، އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހެޅި އެވެ. 

މި މައްސަލައާ ގުޅިގެން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އައިކޮމް އިން ހުށަހަޅާފައިވަނީ "މި ސަރުކާރާ ގުޅުންހުރި މައްސަލައެއް ނޫން" ކަމަށެވެ.

"އެއީ، މި ސަރުކާރު ފެށުމުގެ މާކުރީން ކޮވިޑް ވެކްސިންގެ މަޢުލޫމާތުތަކެއް ސާފުކުރަން 2022 ވަނަ އަހަރު ހުށަހަޅާ އޭރު މަޢުލޫމާތު ނުދީ އޮތް މައްސަލައެއް" ހީނާ ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!