Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ހުކުރު ގަޑީގައި ވެސް ފޮނަދޫގައި ކަރަންޓެއް ނެތް!

ހުކުރު ގަޑީގައި ވެސް ފޮނަދޫގައި ކަރަންޓެއް ނެތް!

ހައްދުންމަތީ ފޮނަދޫގައި ކަރަންޓް ކެނޑޭ މައްސަލަ ބޮޑުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފޮނަދޫގައި ކަރަންޓްގެ މައްސަލަ ޖެހިގެން ކަރަންޓް ކެނޑޭތާ މިހާރު ވަނީ ހަފްތާއެއް ވެފައެވެ.

މިއަދު މެންދުރު 12 އިން ފެށިގެން ރަށުގެ ބޮޑު ބަޔަކުން ވަނީ ކަރަންޓް ކެނޑިފައެވެ. އޭގެ ކުރިން ވެސް އެކި ހިސާބުތަކުން ވަނީ ކަރަންޓް ކެނޑިފައެވެ.

Advertisement
Allied — Dhen Online (box)

ކަރަންޓް ލިބޭނެ އިރެއް އެރަށުގައި ކަރަންޓް ޚިދުމަތް ދެމުން އަންނަ ފެނަކައިން ބުުނެފައެއް ނުވެއެވެ. މިއަދު ފޮނަދޫ ފެނަކަ ބްރާންޗްގެ ފޭސްބުކް ޕޭޖުންކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެރަށުގައި ކަރަންޓް ދެމުން އަންނަ އެއް ޖެންސެޓަށް ދިމާވި މައްސަލައަކާ ގުޅިިގެން, ލޯޑު ބޮޑުވާ ވަގުތުތަކުގައި ކަރަންޓް ކެނޑިދާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް