ޚަބަރު

ސިޓީ ކައުންސިލުގެ އާމްދަނީ 30 މިލިއަނަށް އިތުރު ކުރެއްވިއްޖެ: އާޒިމް

އަލީ ސަމާޙް ، ދެން އޮންލައިން
މާލެ ސިޓީ ކައުންސިލުން ރައްުޔިތުންނަށް ބައްދަލުކުރުމަށް ރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން

ވޭތުވެދިޔަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހާއި މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ އާމްދަނީއަށް ބަލާއިރު، ސިޓީ ކައުންސިލުގެ އާމްދަނީއަށް 30 މިލިއަން އިތުރުކުރެވިފައިވާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ރޭ ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

އާޒިމް އެހެން ވިދާޅުވީ ސިޓީ ކައުންސިލުން ރައްޔިތުންނާއި ބައްދަލު ކުރުމަށް ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ބައްދަލުވުމުގަ އެވެ.

އާޒިމް ވިދާޅުވި 30 މިލިއަން އިތުރުކުރެވިފައިވާއިރު ސިޓީ ކައުންސިލުގެ ހަރަދުން ވަނީ 20 މިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވާ ކަމަށެެވެ. އޭނާ ވިދާޅުވީ ހަރަދުތައް ސަލާމަތް ކުރެވިފައި ވަނީ ރިކަރަންޓު ހަރަދުން 11 މިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުން 9 މިލިއަން ރުފިޔާ ކަމަށެވެ.

އެކައުންޓްސް އެންޑް ފައިނޭންސް މަސައްކަތް ހަރުދަނާކުރެވިފައިވާކަން ފާހަގަކޮށް އާޒިމް ވިދާޅުވީ މިހާރު މަސައްކަތް ކުރަމުން ދަނީ މިއަހަރު ނިމުމުގެ ކުރިން، ސިޓީ ކައުންސިލުގެ މަސައްކަތްތަށް އޮޓަމޭޓުކުރުން ކަމަށެވެ. އޭރުން ހިދުމަތް ލަސްވުމާއި ހިދުމަތް ހޯދުމަށް މިހާރު އަރާ އޮޅުންތަކުން ސަލާމަތްވާނެ ކަމަށެވެ.

މާލެ ސިޓީގެ ވަސީލަތްތައް އިތުރުކުރަން ޖެހޭ

މޭޔަރު އާޒިމް ވިދާޅުވީ މާލެ ސިޓީ އަކީ ރާއްޖޭގެ އާބާދީގެ ގާތްގަޑަކަށް 40 އިންސައްތަ މީހުންނަށް ހިދުމަތް ފޯރުކޮށްދޭން ޖެހޭ މުއައްސަސާއަކަށް ވުމުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ދުރާލާ ރާވައިގެން ކުރިޔަށް ގެންދިއުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

މިހާރު ދުނިޔޭގެ ޓްރެންޑު ހުރިގޮތުން އާބާދީ ޖަމާވަމުން އަންނަނީ ސިޓީތަކަށް، އަޅުގަނޑުމެނަށް ކުރިމަތިވާ ގޮންޖެހުންތަށް މިއަންނަނީ ދުވަހެއް ދުވަހަކަށް ގިނިވަމުން ބޮޑުވަމުން. ކުރިއަށް އޮތް ވިއްސަކަސް ތިރީހަކަށް އަހަރު ތެރޭ އަބާދީގެ 70 އިންސައްތަ ދިރިއުޅޭނީ ސިޓީތަކުގައި ކަމަށް ވަނީ އަންދާޒާކޮށްފައި

ކުރިއަށް އޮތް 5 އަހަރު ދުވަހު މާލެ ކައުންސިލުން ކުރާނެ ކަންތައްތަކުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް ވަނީ އެކުލަވާލާފަ އެވެ. އާޒިމް ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް މިހާރުގެ އެކްޝަން ޕްލޭން ފުޅާކުރަން ޖެހޭ ކަމަށެވެ.

ކުރިއަށް އޮތް އަހަރު ރާވާފައިވަ ކަންތައްތަކުގެ ތެރެއިން ބައެއް ކަންތައްތަކަކީ ރައްޔިތުންގެ އެއްބާރުލުމާއެކު ފުރިހަމަ ކުރެވޭނެ ކަންކަން ކަމަށާއި އެހެން ކަމުން ސްޓްޓެޖިކް އެކްޝަން ޕްލޭންގައި ހުރި ކަންކަން ކުރުމުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!