ޚަބަރު ރައްޔިތުންގެ މަޖިލިސް

ގަވަރުނަރަކަށް މުނައްވަރު އައްޔަނުކުރަން ކޮމިޓީން ފާސްކޮށްފި

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން

ދިވެހިރާއްޖޭގެ މާލީ އިދާރާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަދި މި ސަރުކާރުގެ މާލީ އެޑްވައިޒަރު އަހުމަދު މުނައްވަރު އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އެރުވުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފި އެވެ.

Ads by STELCO

ގަވަރުނަރަކަށް މުނައްވަރު އައްޔަނުކުރަން ކޮމިޓީން މިއަދު ނިންމީ، އޭނާއާ އިންޓަވިއުކުރުމަށްފަހު އެވެ. މުނައްވަރު އެ މަގާމަށް އައްޔަނުކުރަން ރައީސަށް ލަފާ އެރުވުމަށް ހުށަހެޅުއްވީ، މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އެވެ.

ނާޒިމްގެ ހުށަހެޅުއްވުން ފާސްކުރީ ކޮމިޓީ ބައްދަލުވުމަށް ވަޑައިގެން ތިއްބެވި މެމްބަރުންގެ އިއްތިފާގުން ނެވެ.

އޮސްޓްރޭލިއާގެ މެކުއަރީ ޔުނިވާސިޓީން އިކޮނޮމިކް އެންޑް ފައިނޭންސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާއިރު މުނައްވަރު ވަނީ މީގެ ކުރިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި 10 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފަ އެވެ.

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި އަލީ ހާޝިމް މަޖިލީހުން ވަކިކުރުމުން ނެވެ. އޭނާ ވަކިކުރުމަށް މަޖިލީހުން ނިންމީ މަގާމު އަދާކުރުމުގެ ގާބިލުކަން އޭނާގެ ކިބައިގައި ނެތް ކަމަށް ގަބޫލުކުރެވުމުން ނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!