ޚަބަރު ރައްޔިތުންގެ މަޖިލިސް

އެޗްއާރުސީއެމްއަށް ހަބީބު އައްޔަނުކުރަން ކޮމިޓީން ރުހުންދީފި

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޝަންގައި ހަބީބު ވާހަކަ ދައްކަވަނީ

ހުސްވެފައިވާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރުކަމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބު އައްޔަނުކުރުމަށް މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި އެވެ.

Ads by MWSC

މިގޮތަށް ފާސްކޮށްފައިވަނީ މިއަދު ބޭއްވި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމުގަ އެވެ. ހަބީބަށް ރުހުން ދިނުމަށް ފާސްވީ ކޮމިޓީ ބައްދަލުވުމަށް ވަޑައިގެން ތިއްބެވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ނެވެ.

އެޗްއާރްސީއެމްގެ މެންބަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ކުރިން އެ މަގާމުގައި ހުންނެވި ޑރ. އަހުމަދު އަދުހަމް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަންގައި 21 އަހަރު ދުވަސް ވަންދެން ހަބީބު މަސައްކަތް ކުރެއްވި އެވެ. އިދާރީ މުވައްޒަފެއްގެ ގޮތުގައި އެކޮމިޝަނާއި ގުޅިވަޑައިގެންނެވި ހަބީބު އެންމެ ފަހުން ހުންނެވީ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގަ އެވެ.

މިއަދުގެ ކޮމިޓީގެ ނިންމުން ދެން ދާނީ މަޖިލީހުގެ ތަޅުމަށެވެ. އެޗްއާރުސީއެމް އަށް ހަބީބު ޢައްޔަނުކަން ފެނޭތޯ ނުވަތަ ނޫންތޯ ނިންމަވާނީ މަޖިލީހުގެ ތަޅުމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!