ރާއްޖެ، ލަންކާ އަދި އެމެރިކާ ސިފައިން ގުޅިގެން އެކްސަސައިޒެއް ބާއްވަނީ

ރާއްޖެ، ލަންކާ އަދި އެމެރިކާގެ އެއާފޯސްއިން ކާރިސާތަަކުން އަރައިގަތުމުގެ ގާބިލުކަން އިތުރުކުރުމަށް އަަަސްކަރީ ހަރަކާތްތައް ނުވަތަ މިލިޓަރީ އެކްސަސައިޒެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.
ކޮލޮމްބޯގައި ހުންނަ އެމެރިކާ އެމްބަސީއާ ހަވާލާދީ ބޭރުގެ މީޑިއާތަކުގަ ރިޕޯޓުކޮށްފައިވާާ ގޮތުގައި 'އެޓްލަސް އޭންޖެލް' ގެ ނަމުގައި ކުރިއަށް ގެންދާ މި ހަރަކާތްތަކުގައި މޮންޓާނާ ނޭޝަނަލް ގާޑާއި ޔޫއެސް ޕެސިފިކް އެއާ ފޯސަސް އިން ސްރީލަންކާގެ ވައިގެ އަސްކަރިއްޔާއާއި ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ސިފައިން ބައިވެރިވާނެ އެވެ.
މި ހަރަކާތް ކުރިއަށްދާނީ މި މަހުުގެ 5 އިން 9 ގެ ނިޔަލަށެވެ.
"ޓްރިންކޮމަލީ އާއި ކޮލަމްބޯގައި ބާއްވާ ހަރަކާތްތަކާ ޔޫއެސް ސީ130 ގެ މަތިންދާ ބޯޓުތައް އޮޕަރޭޓް ކުރާ ސިފަައިންއެކު، ހިންގާ ހަރަކާތުގަ ހަގީގީ ކާރިސާތަކަށް ތައްޔާރުވެފައިވާާ ވަރު ދެނެގަނެ، އަޅުގަނޑުމެންގެ ރެސްޕޮންސް ކެޕޭސިޓީ ޓެސްޓު ކުރެވޭނެ" އެމްބަސީން ބުންޏެވެ.
އެޓްލަސް އެންޖެލް ގެ ދަށުން ހަ ހަރަކާތެއް ކުރިއަށްގެންދާނެ އެވެ. އޭގެ ތެރޭގައި އާބަން އެންޑް މެޑިކަލް ސާޗް އެންޑް ރެސްކިއު، އެއާފީލްޑް ރިޕެއާ، ހިމެނެ އެވެ.
މި އަހަރުގެ މޭމަކު އެމެރިކާ ސިފައިންނާއި އެމްއެންޑީއެފް ގުޅިގެން "ބްލެކް މާލިން"ގެ ނަމުގައި ހާއްސަ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ.