ޚަބަރު

ނަޝީދަށް ދިން ހަމަލާގެ ގޯސްތައް އަދިވެސް އެހެން ހުރިކަމަށް ބުނާތީ އެކަން ބަލަން މަޖިލީހުން އެދެނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ނަޝީދަށް ހަމަލާ ދިން ސަރަހައްދުގައި ސިފައިންތަކެއް ހަރަކާތްތެރިވަނީ/ ފޮޓޯ: މިހާރު

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ހެދި އިންކުއަރީގައި ފާހަގަވި މައްސަލަތައް މި ސަރުކާރުގެ އިދާރާގެ ސަމާލުކަމަށް ގެންނަން އެ ކޮމިޓީން މިއަދު ނިންމައިފި އެވެ.

Ads by STELCO

މިއަދުގެ 241 ކޮމިޓީގައި ދިއްްގަރު ދާއިރާގެ މެންބަރު, މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ, އެ މައްސަލައިގައި ފާހަގަކުރެވުނު އެންމެ ބޮޑު މައްސަލައަކީ ޔުނިފޯމް އެޅި މުއައްސަސާތަކުގެ މެދުގައި އިންޓެލިޖެންސް ވިލަރެސް ނުކުރެވުން ކަމަށެވެ. އަދި މިހާރު ވެސް އެފަދަ މުއައްސަސާތަކުގެ މެދުގައި ކޯޑިނޭޝަން ނެތްކަން ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުން އެ ކޮމިޓީގައި އެކަން ފާހަގަކޮށްފައިވާތީ, މިކަން ސަރުކާރުގެ ސަމާލުކަމަށް ގެންނަން ބޭނުންވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އިންޓެލިޖެންސާ ބެހޭ ކަންކަން ވިލަރެސް ކުރެވޭނެ ގޮތެއް ނެތް. ނަޝީދަށް ދެވުނު ހަމަލައާ ގުޅޭ ގޮތުން ތައްޔާރުކޮށްފައުވާ ސިއްރު ރިޕޯޓް އޭގައި ބުނާ ގޮތުން ބޮޑު މައްސަލަ އަކީ ވިލަރެސް ކުރެވިފައި ނެތުން. މި ސަރުކާރުގެ މަސްއޫލުވެރިންގެ ސަމާލުކަމަށް ގެންނަންވީ ނޫންހޭ އެކަމާއި ބެހޭ ގޮތުން ފިޔަވަޅެއް އެޅިންތޯ" ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވަނީ މިކަން ސަރުކާރާ ހިއްސާ ކުރަން މަޖިލީހުން ކުރަމުންދާ މަސައްކަތުގެ އަދާހަމަ އައްސަވާފަ އެވެ.

އެ ސުވާލުގެ ޖަވާބުގައި 241 ކޮމިޓީގެ މުގައްރިރު އޭދަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑް ވޭވްސް ސަލީމް) ވިދާޅުވީ, ސަރުކާރުގެ ސަމާލުކަމަށް އެ މައްސަލަ ގެންދިޔުމަށް ސިޓީ ލިޔެފައިވާ ކަމަށެވެ. އެހެން  ނަމަވެސް އެ ސިޓީގެ ތަފްސީލެއް ސަލީމް ހިއްސާއެއް ނުކުރެ އެވެ.

މެއި 6، 2021 ގެ ރޭ އިރާކޮޅު ނަޝީދު އަވާހަރާކޮށްލަން ބޮމުގެ ހަމަލާއެއް ދިނީ އެމަނިކުފާނުގެ ގެކޮޅުން ނުކުމެވަޑައިގެން ސެކުއިރިޓީއާއެކު މަޖީދީ މަގުގައި މަޑުކޮށްގެން އޮތް އެމަނިކުފާނު ކާރުކޮޅަށް ވަޑައިގަންނަވަން ދަނިކޮށެވެ. އެއީ ކަންމަތީގައި ޕާކުކޮށްފައިވާ ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށް އެ ބޮން ގޮއްވާލައިގެނެވެ.

މި މައްސަލާގައި ނުވަ މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، މިހާތަނަށް ހުކުމާ ހަމައަށް ވާސިލުވެފައި ވަނީ އެންމެ މީހެކެވެ. އޭގެ އަމަލީ ގޮތުން ބައިވެރިވެ އެ ވަގުތު އެ ސަރަހައްދުގައި ރިމޯޓް ހިފައިގެން އުޅުނު އަދުހަމް އެވެ. އޭނާގެ މައްޗަށް ހުކުމް އިއްވާފައި ވަނީ ކުށަށް އިއުތިރާފު ވުމުންނެވެ.

ދެން މި މައްސަލާގައި ހިމެނޭ އެންމެންގެ ޝަރީއަތްތައް ވެސް ކްރިމިނަލް ކޯޓުގައި އަދި ނުނިމެ އެވެ.

  1. ހައްވަ

    މިސަރުކާރާ އަންނިއާ ހުރި ގުޅުން ކިތަންމެ ރަނގަޅަކަށްވެސް އެބަ ސާބިތުވޭ. ލާދީނީ އާއި ލާދީނީ ގުޅޭނެދޯ؟