ޚަބަރު

ކުރީގެ ސިވިލް ސާވެންޓުންނަށް ވަޒީފާ ދިނުމުގެ އުސޫލު އާންމުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ސިވިލް ސާވީސް ކޮމިޝަންގެ ބައްދަލުވުމެއްގެ ތެރެއިން/ ފޮޓޯ: ސީއެސްސީ

އެކި ސަބަބުތަކާ ހުރެ ސިވިލް ސާވީސްގެ ހިދުމަތުން ދުރަށްދާންޖެހިފައިވާ ހިދުމަތްތެރިންނާއ،ި ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ހިދުމަތްތެރިން ހިދުމަތަށް ނެރުމުގެ އުސޫލު އާއްމުކޮށްފި އެވެ.

Ads by STELCO

ސީއެސްސީން އިއްޔެ ފާސްކޮށް މިއަދުން ފެށިގެން އަމަލުކުރަން ފެށި އެ އުސޫލު މިހާރު ވަނީ ޝާއިއުކޮށްފަ އެވެ. އެ އުސޫލުގައިވާ ގޮތުން އަލުން ވަޒީފާއަށް އައްޔަނުކުރެވޭނީ ސީއެސްސީގެ ގާނޫނުގެ 41 ވަނަ މާއްދާގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާ މީހުންނަށެވެ. އެގޮތުން ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ، ވަޒީފާއިން މުސްކުޅިކޮށްފައިވާ ފަރާތަކަށް ނުވުމާއ،ި އުމުރުން 60 އަހަރަށް ވުރެ ދޮށީ މީހަކަށް ވެގެން ނުވާނެ އެވެ.

އަލަށް އެކުލަވާލި މި އުސޫލުގެ ދަށުން ވަޒީފާގެ ފުރުސަތު ފަހިކޮށްދެނީ ސީއެސްސީގެ ވަޒީފާތަކުގެ ތެރެއިން ލައިސަންސް/ރަޖިސްޓްރޭޝަން ދޫކުރ،ާ ފަންނުތަކުގައި ވަޒީފާ އަދާކޮށް އެކިއެކި ސަބަބުތަކަށްޓަކައި ހިދުމަތުން ދުރުވެފައިވާ ފަރާތްތަކާއ،ި ލައިސަންސް/ރަޖިސްޓްރޭޝަން ދޫކުރާ ފަންނުތަކުގެ މަސައްކަތްތެރިންގެ ތެރެއިން އެއްވެސް ސަބަބަކާ ހުރެ ދާއިމީ ވަޒީފާއަށް ފުލްޓައިމް ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަރާތްތަކަށެވެ.

ސީއެސްސީގެ އިދާރާތަކުގެ ފްރޮންޓް އޮފީސް ކައުންޓާ ސާވިސްގެ މަސައްކަތްތަކުގެ ތެރެއިން ކައުންޓަރުތަކުން ސީދާ ހިދުމަތް ދޭންޖެހޭ ވަޒީފާތަކާއި ހިންގުމުގެ އިސް ފަންތީގެ ވަޒީފާތަކަށް ތިބޭ މީހުންނަށް އެ އުސޫލުގެ ދަށުން ވަޒީފާ އެއް ހަމައެއް ނުޖެހޭނެ އެވެ.

ވަޒީފާ ހަމަޖައްސައިދޭނެ 4 ހާލަތެއް ބަޔާންކޮށްފައިވެ އެވެ. އެއް ހާލަތަކީ ސީއެސްސީގެ ވަޒީފާތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން މުވައްޒަފެއް މަޔަކަށްވުމުން ލިބޭ ޗުއްޓީއަށް ދިއުމުން ބަދަލުގައި މީހަކު ހަމަޖެއްސުމެވެ. ދެވަނަ ހާލަތަކީ ސީއެސްސީގެ ވަޒީފާތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން މުވައްޒަފެއް ދިގު މުއްދަތުގެ މުސާރަލިބޭ ނުވަތަ މުސާރަނުލިބޭ ޗުއްޓީއަކަށް ދާންޖެހޭ ހާލަތުގައި އެ މީހާގެ ބަދަލުގައި ވަޒީފާ ހަމަޖެއްސުމެވެ.

އުސޫލުގައި ބުނާ ގޮތުން ވަޒީފާ ބޭނުންވާ ފަރާތްތަކުން ދަފްތަރުވާން ޖެހޭނެ އެވެ. ދަަފްތަރުގައި ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލެވޭނީ ގެޒެޓުގައި އާންމުކުރެވޭ އިއުލާނަކުން އެއް އަހަރުދުވަހަށް ވުރެ ދިގުނޫން މުއްދަތަށެވެ.

އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން ވަޒީފާ ހަމަޖައްސާ ފަރާތްތަކުގެ މަސައްކަތު ގަޑިއަކީ ދުވާލަކު މަދުވެގެން 4 ގަޑިއިރެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!