ޚަބަރު

ހެލްތުން އެސްޓީއޯއަށް 300 މިލިއަން ރުފިޔާ ނުދީ އޮތް

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ހެލްތް މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިން/ ފޮޓޯ: ދެން

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ހެލްތް މިނިސްޓްރީއިން އެސްޓީއޯއަށް ދައްކަން ޖެހޭ 300 މިލިއަނެއްހާ ރުފިޔާ އޮތް ކަމަށާއި އޭގެ ތެރެއިން ބޮޑު ބައެއް ދައްކައި ހަލާސްކޮށްފައިވާ ކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުالله ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

Ads by MWSC

ހަލީލް އެހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލެއްގެ ޖަވާބުގަ އެވެ.

މައުރޫފްގެ ކަންބޮޑުވުމަކަށްވީ ގިނަ ރަށްރަށުގައި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ކޮންސިއުމަބަލްސްއާއި ފާމަސީތަކަށް ބޭނުންވާ އެންމެ އާދައިގެ ބޭސް ނުލިބޭ ކަމަށް ރައްޔިތުން ކުރަމުންދާ ޝަކުވާ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ހަލީލް ވިދާޅުވީ ސިއްހީ ފަރުވާ ދޭ ތަންތަނުން ކޮންސިއުމަބަލްސްއާއި ރިއެޖެންޓްސް ހުސްވުމަކީ އަބަދުހެން ދިމާވާ މައްސަލައެއް ކަމަށެވެ. އެެ ކަންބޮޑުވުން އޮތަތީވެ މެދުނުކެނޑި ކޮންސިއުމަބަލް ލިބޭނެ ގޮތް ހެދުމަށް އެސްޓީއޯއާ ވާހަކަ ދައްކައިގެން މަސައްކަތް ކުރަމުންގެންދާ ކަމަށް ހަލީލް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ބަލަނީ އިއްޒަތްތެރި މެންބަރުގެ ތި ކަންބޮޑުވުމަށްވެސް އެކަށީގެންވާ ހައްލެއް ކައިރި މުސްތަގުބަލެއްގައި އަޅުގަނޑުމެންނަށް ހޯދިގެންދާނެ ކަމަށް" - މިނިސްޓަރު ޑރ. ހަލީލް

ޕްރައިވެޓް ސެކްޓަރުގައި މަސައްކަތް ކުރަމުންދާ ފަރާތްތަކާ ވާހަކަދައްކައިގެން ސޮފްޓްވެއާއެއް ތައާރަފްކުރުމުގެ މަސައްކަތް ކުރަމުންގެންދާކަން ފާހަގަކުރައްވާ ހަލީލް ވިދާޅުވީ އެ ސޮފްޓްވެއާ މެދުވެރިކޮށް ކޮންސިއުމަބަލްސް ހުރި އަދަދުތަކަކީ ކޮބައިކަން އެނގޭނެ ކަމަށެވެ. އަދި އެ ހިސާބުން ރަށްރަށުގައި މަދުވާ ސާމާނު އެނގިގެންދާ ކަމަށް ހަލީލް ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ އެ ނިޒާމު ގާއިމުކުރެވޭ ހިސާބުން މިހާރު ދިމާވަ މައްސަލަތަކަށް އެކަށީގެން ރަނގަޅު ހައްލެއް ލިބިގެންދާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!