މެންބަރުން މަދުކުރަން ތާއީދުކޮށް އެމްއާރްއެމުން ބޭނުންވަނީ މަޖިލީހުގައި ދެ ގެއެއް ބާއްވަން
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކޮށް، މަޖިލީހުގައި ދެ ގެއެއް (މަތި އަދި ތިރިގެ) ބޭއްވުމަށް ތާއިދުކުރާކަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) މިއަދު ވިދާޅުވި އެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ މިއަދުގެ މިއަދުގެ ބައްދަލުވުމަށް 8 ޕާޓީއަކަށް ދައުވަތު ދިން ނަމަވެސް، ބައިވެރިވެފައި ވަނީ 6 ޕާޓީގެ ފަރާތުންނެވެ. އެ ބައްދަލުވުމުގައި ބައިވެރިނުވަނީ ޕީޕަލްސް ނެޝަނަލް ފްރަންޓް އަދި ޖުމްހޫރީ ޕާޓީންނެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ އަދަދު މަދުކުރުމަށް އެމްއާރްއެމުން އެއްބާރުލުން ދޭނެ ކަމަށެވެ. ދިއްގަރު ދާއިރާގެ ކުރީގެ މެންބަރުކަންވެސް ކުރެއްވި ވިދާޅުވީ މަޖިލީހަށް އިންތިހާބުކުރާ މެމްބަރުން އަދަދު މަދުކުރަން ތާއީދުކުރަނީ ދެ ސަބަބަކާ ހުރެ ކަމަށެވެ.
އެއްކަމަކީ ދައުލަތުގެ މާލިއްޔަތާއި ވަސީލަތްތައް ހުރި މިންވަރަށް ބަލާއިރު މަޖިލިހަށް ކުރާ ހޭދަ އާއި އިންތިހާބުތައް ބޭއްވުމަށް މިހާރު ކުރަމުންދާ ހަރަދަކީ އެކަށީގެންވާ ހަރަދެއް ނޫން ކަމަށެވެ. ދެވަނަ ކަމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ދާއިރާތަކުން ވޯޓުލާން އޮންނަ މީހުންގެ އާބާދީ އާ އަޅާބަލާއިރު، ރާއްޖޭގައި އެކަމަށް އޮންނަނީ ނިސްބަތުން ކުޑަ އަދަދެއްކަން ފާރިސް ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ކުދިކުދި އާބާދީތަކަށް ނިސްބަތްވާ މެމްބަރުން ތިބުމުން އިންތިހާބުތަކުގެ "އިންޓެގްރިޓީ" ގެއްލިގެންދާ ކަމަށެވެ. އަދި އެއީ ޑިމޮކްރަސީގެ ރޫހާއި ހިލާފު، ކޮރަޕްޝަނަށް ފަސޭހައިން މަގުފަހިވާ ކަމެއް ކަމަށް ފާރިސް ވިދާޅުވި އެވެ.
"އެންމެ 200 ނުވަތަ 300 ވޯޓުން ކާމިޔާބު ކުރެވޭ ދާއިރާތައް ހުރުމުން އުސޫލީ ގޮތުން މެނިފެސްޓޯއަކަށް ނުވަތަ ސިޔާސަތަކަށް ބަލައިގެން ވޯޓުދޭ މެމްބަރުންނަށް ވުރެ ބޮޑަށް ދާއިރާއަކަށް ނިސްބަތްވާ ބޮޑެތި އާއިލާތަކުގެ އިސް ބައެއް ބޭފުޅުންނަށް ޒާތީ ކަންތައްތައް ކެންޑިޑޭޓުން ކޮށްދީގެން އިންތިހާބު ކާމިޔާބުކުރައްވާ ކަމަށް ރައްޔިތުންގެ ގިނަ ބަޔަކު ގަބޫލުކުރޭ،" ފާރިސް ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ތަނުގައި ކުރެވުނު ތަޖުރިބާއަށް ބަލާއިރު ރާއްޖޭގެ ދައުލަތުގެ ހިންގުމުގެ އޮނިގަނޑަށް މުހިންމު ބަދަލުތަކެއް ގެންނަން ޖެހޭ ކަމުގަ އެވެ. ހާއްސަކޮށް މިދިޔަ 15 އަހަރު ރައްޔިތުންގެ މަޖިލީސް ހިނގައިދިޔަ ގޮތާ މެދު ރައްޔިތުންގެ ކަންބޮޑުވުން އެބައޮތް ކަމުގަ އެވެ.
ވިދާޅުވީ މަޖިލިހުގެ މެޖޯރިޓީ ބޮޑުވާ ހާލަތްތަކުގައި ރައްޔިތުންނަށް ނުވަތަ ގައުމަށް ނުރައްކާ ފަދަ ބޮޑެތި ނިންމުންތައް ނިންމާފައި އެބަހުރި ކަމަށެވެ. އަދި މަދު ދުވަސްކޮޅެއްގެ ތެރޭގައި ގާނޫނު އަސާސީ އިސްލާހު ކުރިތަން ވެސް ފެނިގެން ގޮސްފައިވާ ކަމަށްވެސް ފާރިސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޕާޓީން ތާއީދުކުރަން ލެޖިސްލޭޗާއަކީ ބައި-ކެމެރަލް ތަނަކަށް ހެދުމަށް. އޭގެ މާނައަކީ ދަށު ގެޔަކާއި މަތި ގެޔަކާ ވަކިކުރުމަށް. ޖުމްލަ އަދަދު މިހާރަށް ވުރެ، މެމްބަރުންގެ އަދަދު މަދުވާ ގޮތަށް،" ފާރިސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޖިލިހުގެ މެމްބަރުންގެ އަދަދު ކަނޑައަޅާއިރު މެމްބަރުން ތަމްސީލު ކުރަމުން އަންނަ ގޮތާ މެދުގައްޔާ އަދި މުސްތަގުބަލުގައި ދެން ވާނެ ގޮތަކާ މެދު ވިސްނަން ޖެހޭ ކަމަށެވެ. ގައުމުގެ އާބާދީ ބެހިފައި އޮތް ގޮތުން މަޖިލިހުގައި މިހާރު 93 މެމްބަރުން ތިބޭއިރު، މާލެއަށް ނިސްބަތްވާ ތިބެނީ 15 މެމްބަރުންކަން ފާރިސް ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ އާބާދީގެ ތިން ބައި ކުޅަ އެއްބައި މީހުން މާލޭގައި ކޮންމެވެސް ސަބަބަކާ ހުރެ ދާއިމީ ގޮތެއްގައި ދިރިއުޅެމުން އަންނައިރު، އޭގެ ތެރެއިން ގިނަ ބަޔަކު ވޯޓުލަނީ އެމީހުންނާ ސީދާ ގުޅުމެއް ނެތް ދާއިރާތަކަށް ކަމަށާއި، އެހެންކަމުން ނިންމުމެއް ނިންމުމުގައި ދާއިމީ އެޑްރެހުގެ މައްސަލައަށް ވެސް ބަލަން ޖެހޭ ކަމަށް ފާރިސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޖިލިސް މިހާރު ބެހިފައި ވަނީ ރާއްޖެ ގުދުރަތީ ގޮތުން ބެހިފައިވާ ގޮތުގެ މައްޗަށް ކަމަށެވެ. ތަހުޒީބީ މުޖުތަމައުތަކުގައި "ނެޝަނަލް ލިސްޓެއް" އެކުލަވާލާފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ވަކި އިދާރީ ދާއިރާއަކަށް މެމްބަރަކު ނިސްބަތްވުމުގެ ބަދަލުގައި މަޖިލިހުގެ ޖުމްލަ މެމްބަރުންގެ އަދަދުން ކަނޑައަޅާ ވަކި އިންސައްތައަކީ ވަކި ލިސްޓަކުން ނަގާ މެމްބަރުންނަށް ވާނެ ކަމަށެވެ.
"އޭގެ ތެރޭގައި ވަކި ކޯޓާއެއް އަންހެން މެމްބަރުންނަށް ހާއްސަ ކުރެވިދާނެ. ފަންނީ ބޭފުޅުންނަށް ހާއްސަކުރެވިދާނެ. ހާއްސަ އެހީއަށް ބޭނުންވާ ބޭފުޅުންނަށް ހާއްސަ ކުރެވިދާނެ." ފާރިސް ވިދާޅުވި އެވެ.
އެ މަސައްކަތަކީ އަވަހަށް ނިންމާލެވޭ މަސައްކަތެއްގެ ބަދަލުގައި "ފުލް ޕަބްލިކް ކޮންސަލްޓޭޝަން" އަކަށް ގޮސްގެން ނިންމާ ނިންމުމަކަށް ހެދުމަށް އެމްއާރުއެމުން ވަނީ ހުށަހަޅާފަ އެވެ. އަދި ގައުމުތަކުގައި ކަންކުރާ ގޮތާއި ތަޖުރިބާތައް ހިމަނައި ފަންނީ މާހިރުންގެ ލަފަޔާ އެކު ފުޅާކޮށް ގެންދިއުމަކީ މަސްލަހަތަށް މުހިންމު ކަމެއް ކަމުގައި އެމްއާރްއެމުން ދެކެ އެވެ.
ބައެއް ރައްޔިތުން ދެކޭ ގޮތުގައި މިހާރު އޮތް ވަރަށް މަޖިލިހުގެ އަދަދު ހިފެހެއްޓުމަކީ ރަނގަޅު ގޮތެއް ކަމަށެވެ. އެގޮތަކީ އަދަދު އިތުރުވަމުންދާ ދިއުމަށް ވުރެ ރަނގަޅު ގޮތެއް ނަމަވެސް މިހާރަށް ވުރެ އަދަދު މަދު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
އެހެންނަމަވެސް މަޖިލިސް މެމްބަރުންގެ އަދަދު މިހާރުގެ އަދަދަށް ހިފަހައްޓަން ނިންމައިފި ނަމަ އެކަމަކީ މިހާރު ތިއްބެވި މެމްބަރުންގެ މަސްލަހަތު އެކަމުގައި ހިމެނޭ ކަމެއް ކަމަށް ގަބޫލުކުރުމުގެ ފުރުސަތު އޮންނާނެ ކަމެއްކަން ވެސް ފާރިސް ފާހަގަކުރެއްވި އެވެ.
އަދުރޭ އަށް އަދާކުރެވޭނީ މަސްއޫލިއްޔަތެއް ނޫނޭ އަމާ ހަދާން ކުރެވޭނީ އޭނާ އަށް އަދުރޭ އަށް އަދާކުރެވޭނީ މަސްއޫލިއްޔަތެއް ނޫނޭ އަމާ ހަދާން ކުރެވޭނީ އޭނާ އަށް އަދުރޭ އަށް އަދާކުރެވޭނީ މަސްއޫލިއްޔަތެއް ނޫނޭ އަމާ ހަދާން ކުރެވޭނީ އޭނާ އަށް އަދުރޭ އަށް އަދާކުރެވޭނީ މަސްއޫލިއްޔަތެއް ނޫނޭ އަމާ ހަދާން ކުރެވޭނީ އޭނާ އަށް އަދުރޭ އަށް އަދާކުރެވޭނީ މަސްއޫލިއްޔަތެއް ނޫނޭ އަމާ ހަދާން ކުރެވޭނީ އޭނާ އަށް އަދުރޭ އަށް އަދާކުރެވޭނީ މަސްއޫލިއްޔަތެއް ނޫނޭ އަމާ ހަދާން ކުރެވޭނީ އޭނާ އަށް އަދުރޭ އަށް އަދާކުރެވޭނީ މަސްއޫލިއްޔަތެއް ނޫނޭ އަމާ ހަދާން ކުރެވޭނީ އޭނާ އަށް އަދުރޭ އަށް އަދާކުރެވޭނީ މަސްއޫލިއްޔަތެއް ނޫނޭ އަމާ ހަދާން ކުރެވޭނީ އޭނާ އަށް އަދުރޭ އަށް އަދާކުރެވޭނީ މަސްއޫލިއްޔަތެއް ނޫނޭ އަމާ ހަދާން ކުރެވޭނީ އޭނާ އަށް އަދުރޭ އަށް އަދާކުރެވޭނީ މަސްއޫލިއްޔަތެއް ނޫނޭ އަމާ ހަދާން ކުރެވޭނީ އޭނާ އަށް އަދުރޭ އަށް އަދާކުރެވޭނީ މަސްއޫލިއްޔަތެއް ނޫނޭ އަމާ ހަދާން ކުރެވޭނީ އޭނާ އަށް