Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޖައިޝަންކަރު، ޣައްސާން އާ ބައްދަލުކުރައްވައިފި

ޖައިޝަންކަރު، ޣައްސާން އާ ބައްދަލުކުރައްވައިފި

ރަސްމީ ދަތުރެއްގައި ތިން ދުވަހަށް ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖައިޝަންކަރު ރާއްޖޭގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫންއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

އެ ބައްދަލުވުމުގެ ފޮޓޯއެއް 'އެކްސް'ގައި ހިއްސާކުރައްވާ ޖައިޝަންކަރު ވިދާޅުވި ދިފާއީ އަދި ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ޣައްސާންއާ މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

https://twitter.com/DrSJaishankar/status/1822152273759199359

Advertisement
Allied Insurance — Square (box)

އަދި ސަރަހައްދީ ހަމަޖެހުމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ދެގައުމުގެ މެދުގައި އޮތް ޝައުގުވެރިކަމާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށް ވިދާޅުވި އެވެ.

ސިފައިންގެ އިސްވެރިންނާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަންގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމާއި ގުޅޭ ގޮތުން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ޣައްސާން ވިދާޅުވީ އިންޑިއާގެ ކަނޑުގެ ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ހިމާޔަތްކުރުމަށް މުސްތަގްބަލުގައި ގުޅުން ބަދަހިކުރެވުމާ ގުޅޭ ގޮތުން ވާހަކަދެއްކެވި ކަމަށެވެ.

އަދި ސިޔާދަތާއި ސަރަހައްދީ އެއްބައިވަންތަ ކަމަށް އިހްތިރާމްކުރާކަމަށް ދެ ބޭފުޅުން ވިދާޅުވި އެވެ.

ޖައިޝަންކަރު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ވެސް ބައްދަލުކުރެއްވި އެވެ. އަދި އިންޑިއާގެ ލޯނު އެހީގައި ރާއްޖޭގައި ކުރިއަށް ގެންދިޔަ 28 މަޝްރޫއެއް ނިންމާ ހަވާލު ކުރެއްވި އެވެ.

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް