ޚަބަރު

ގައިދީންނަށް ފޯނާއި ޑްރަގު ފޯރުކޮށްދޭ ނެޓްވޯކުގެ 13 އޮފިސަރުންނަށް ދައުވާކުރަން ފޮނުވައިފި

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ޖަލު އޮޕަރޭޝަންގައި ހައްޔަރުކުރި އޮފިޝަރުން

ކ. މާފުށީގައި ހިންގަމުން އަންނަ މާފުށީ ޖަލުގެ ގައިދީންނަށް މަސްތުވާތަކެއްޗާއި ފޯނު ވިއްކާ ކަމުގެ ތުހުމުގައި ހައްޔަރުކުރި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޖަލު ބަލަހައްޓާ 13 އޮފިސަރަކަށް ދައުވާކޮށްދޭން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން މިއަދު ފޮނުވައިފި އެވެ.

Ads by STELCO

މި މީހުންނަކީ މި އަހަރު ކުރީކޮޅު ޖަލުގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި ޖަލު އޮފިސަރުންތަކެކެވެ.

އެ އޮފިސަރުންގެ ވަނަވަރު ފުލުހުން އާންމުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ:

  1. މާޒިން ހަމީދު, ފ. ނިލަންދޫ/ ހަވޭލި (22އ)
  2. ޖިނާހް އަބްދުއްރަހީމް, ރ. އުނގޫފާރު/ އައިވަރީ ހައުސް (29އ)
  3. މުހައްމަދު ފަތޫހު ފަތުހުالله, ގއ. ވިލިނގިލި/ ކުއްޅަވައްގެ (24އ)
  4. އަލީ ހިޝާމް, ކ. މާފުށި/ ބީޗް ހައުސް (33އ)
  5. މުހައްމަދު ނަބުހާން, ގ. އީވްނިންގ ސްޓަރ (30އ)
  6. މުހައްމަދު ނަބީލް އިބްރާހީމް, މ. މޭދާ (21އ)
  7. އަލީ ނާޒިމް, ހދ. ނޭކުރެންދޫ, ތަރާނާގެ (36އ)
  8. ޒަޔާން އަހްމަދު, ކ. މާފުށި/ މާވިނަ (23އ)
  9. ޔާމީން ހުސައިން, ރ. މީދޫ/ ހިޖާޒް (23އ)
  10. އަހްމަދު ޝަމާލް, ށ. ފޯކައިދޫ/ ފަހާގެ (24އ)
  11. މުހައްމަދު ރިމާޒް, ށ. ފޯކައިދޫ/ ދަނބުމާގެ (29އ)
  12. އަހްމަދު އަނޫފް, ކ. ކާށިދޫ/ ބިންމަތީގެ (27އ)
  13. އަލީ އަޝްފާގް, ނ.ލަންދޫ/ ކާމިނީގެ (32އ)

އެ މީހުންގެ ތެރެއިން 9 މީހުން ހައްޔަރުކޮށްފައި ވަނީ މާފުށިންނެވެ. އަދި ކާށިދޫއިން ދެ މީހަކު ހައްޔަރުކޮށްފައިވާއިރު އުތީމުން މީހަކު އަދި މާލެއިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މީގެ ކުރިން މައުލޫމާތު ދީފައިވެ އެވެ.

އެ އޮޕަރޭޝަންއާ ގުޅޭ ގޮތުން ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުالله ޝަރީފު ވިދާޅުވީ މިހާތަނަށް ބެލިބެލުމުން 18 މުވައްޒަފެއްގެ އެކައުންޓުގައި 73,600,000 ރުފިޔާ ޖަމާވެފައި ހުރި ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!