Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޔާމީންގެ ޝަރީއަތަށް ނުފޫޒެއް ނުފޯރުވަން: ރައީސް 

ޔާމީންގެ ޝަރީއަތަށް ނުފޫޒެއް ނުފޯރުވަން: ރައީސް 
ކުރީގެ ރައީސް އަބްދުالله ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ. ރައީސް މިފަދައިން ވިދާޅުވީ މާލެ ސިޓީ ކައުންސިލާ ބައްދަލުކުރައްވުމަށް މިއަދު ބޭއްވި ބައްދަލުވުމަށްފަހު ނިކުމެވަޑައިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެެއްވަމުންނެވެ. ޔާމީންގެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވާފައިވާ ކަމުގެ ތުހުމަތުތައް އެމަނިކުފާނު ކުރައްވަ އެވެ. އަދި އެކަމާ ގުޅުން ހުރި އޯޑިއޯތައްވެސް އެމަނިކުފާނު އަތްޕުޅުގައި ހުރި ކަމަށާއި ވަރަށް އަވަހަށް އެ އޯޑިއޯތައް އާއްމު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އެކަމާ ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ސަރުކާރެއް އުފެދިގެން އަންނަ ހިސާބުން ރައީސް އޮފީހުން އަދި ސަރުކާރުން އެއްވެސް ވަރެއްގެ ނުފޫޒެއް ޝަރުއީ ނިޒާމަށް ނުފޯނުވާނެ ކަމަށް ވިދާޅުވެފައިވާނެ ކަަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ދައްކާ ވާހަކަ ތަފާތު ނުވާނެ ކަމަށެވެ. އަދި މަގާމެއްގައި ހުރި މީހަކުވެސް އެފަދަ ކަމެއް ކޮށްފިނަމަ މަގާމުން ވަކި ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ސަރުކާރެއް އުފެދިގެން އަންނަ ހިސާބުން ރައީސް އޮފީހުންނެއް އަދި ސަރުކާރުގެ އެއްވެސް ލެވެލްއަކުން ޖުޑިޝަރީއަކަށް ޝަރުއީ ނިޒާމުގެ ތެރެއަކަށް އެއްވެސް ވަރެއްގެ ނުފޫޒެއް ނުފޯރުވާނެ" - ރައީސް
ރައީސް ތަކުރާރުކޮށް ވިދާޅުވީ މަގާމެއްގައި ހުރި މީހަކުވެސް އެފަދަ ކަމެއް ކޮށްފިނަމަ އެއީ "ޓޯލަރޭޓް" ކުރާނެ ކަމެއް ނޫން ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް