Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އޯލެވެލްގެ ނަތީޖާ ދޫކުރަން ފަށައިފި

އޯލެވެލްގެ ނަތީޖާ ދޫކުރަން ފަށައިފި

މިދިޔަ މޭ/ ޖޫން ގައި ހެދި ޖީސީއީ އޯލެވެލް އަދި އެސްއެސްއީ އިމްތިހާނުގެ ނަތީޖާ ދޫކުރަން މިއަދު ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މިއަދު ހެނދުނު 9 ފެށިގެން ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ސެންޓަރުތަކަށް ނަތީޖާ ފޮނުވަން ފަށާފައިވާ ކަމަށެވެ. އަދި ސެންޓަރުތަކުން ނަތީޖާ ދޫކުރަން 12 ޖެހިއިރު ފަށާފައިވާ ކަމަށެވެ.

އެޑިއުކޭޝަނުން ބުނީ ނަތީޖާއަށް ޝަކުވާ ހުށަހެޅުމަށް ފުރުސަތު ހުުޅުވާލާނެ ކަމަށެވެ. އެކަމަކު ވަކި ދުވަހެއް ނުބެނެ އެވެ.

Advertisement
Ooredoo — Truecaller (box)

މި ފަހަރުގެ އިމްތިހާނުގައި 7500 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވެ އެވެ. އަދި އޭގެ ތެރެއިން އައިޖީސީއެސްއީ ހަދާ 7،155 ކުދިންނާއި އެސްއެސްސީގައި ބައިވެރިވެފައިވަނީ 346 ދަރިވަރުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް