Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކުޅިވަރުގެ މަޝްރޫތައް އެއްކޮށްލުމުން 2 އަހަރުގެ ބަޖެޓަށްވުރެ ބޮޑު: މިނިސްޓަރު

ކުޅިވަރުގެ މަޝްރޫތައް އެއްކޮށްލުމުން 2 އަހަރުގެ ބަޖެޓަށްވުރެ ބޮޑު: މިނިސްޓަރު
ކުޅިވަރާ ގުޅުންހުރި ހުރިހާ މަޝްރޫއެއް އެއްކޮށްލުމުން 2 އަހަރުގެ ބަޖެޓަށްވުރެ ބޮޑު ކަމަށް މިނިސްޓަރު އޮފް ސްޕޯޓްސް, ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުالله ރާފިއު މިއަދު ވިދާޅުވެއްޖެ އެވެ. ކެންދޫގެ ފުޓުބޯޅަ ދަނޑުގައި ލައިޓްޖެހުމުގެ އިތުރުން ފުޓްސެލް ދަނޑެއް އަދި ހޭންޑްބޯލް ކޯޓެއް އެޅުމާ ގުޅޭ ގޮތުން އެ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ކުރާ ސުވާލަކަށް ޖަވާބު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް މިނިސްޓަރު ރާފިއު ހާޒިރުކުރި އެވެ. ވަޒީރާ ސުވާލުކުރުމުގެ ފުރުސަތުގައި ގިނަ މެންބަރުންތަކެއް ސުވާލުތަކެއް ކޮށްފައިވާއިރު ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވަނީ ށ. ފޭދޫގެ ހޭންޑް ބޯލް ކޯޓާ ކަނޑިތީމުގެ ޒުވާނުންގެ މަރުކަޒާއި ށ. ބިލެއްފަހި ޒުވާނުންގެ މަރުކަޒުގެ މަސައްކަތާ ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ. އޭނާ ވިދާޅުވީ މަޝްރޫއުތަކާއި ގުޅޭ ގޮތުން ފޮނުވާ މެސެޖުތަކަށް ޖަވާބު ދެއްވާ ހަމައެކަނި މިނިސްޓަރަކީ ރާފިއު ކަމަށެވެ.
"އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ވަޒީރަކީ އަޅުގަނޑު ވަރަށް ގިނަ ވަޒީރުންނަށް ފޮނުވި މެސެޖުގެ ތެރެއިން ހަމައެކަނި ޖަވާބެއް ދެއްވި ވަޒީރު އުންމީދުކުރަން ތަފާތު ކުރުމެއް ނެތި ތިގޮތުގައި ދެމި ހުންނާނެ ކަމަށް"
ރާފިއު ވިދާޅުވީ ކުޅިވަރަކީ އެންމެން އެއްބައިވަންތަ ކުރާ އެއްޗެއް ކަމަށެވެ. އަދި މި ސަރުކާރު ކުރިއަށްދާނީ ކުޅިވަރުގެ ރޫހާ އެއްގޮތަކަށް ކަމަށާއި ރާއްޖޭގެ ވަކި ރަށެއް, ވަކި ރީޖަނެއް ތަފާތު ކުރުމެއް ނެތި ކުޅިވަރުގެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގޮން ޖެހުން ބޮޑު ނަމަވެސް ކުޅިވަރާ ގުޅުންހުރި ވަރަށް ބައިވަރު މަޝްރޫއުތައް އެބަ ހުރި ކަމަށެވެ. މެންބަރު ފާހަގަކުރެއްވި މަޝްރޫއުތައް ބަޖެޓު ކުރެވިފައި އޮތް ނަމަވެސް އެ ރަށަކަށް އެންމެ ބޭނުންވާ އެންމެ މުހިއްމު ކަމަކަށް އިސްކަންދީގެން ކައުންސިލާ ވާހަކަ ދައްކައިގެން ކުރިއަށް ގެންދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ރާފިއު ވިދާޅުވީ އުންމީދުކުރަނީ އަދި ކަންތައް ކުރަމުންދަނީ ތިންވަނަ ނުވަތަ ހަތަރުވަނަ ކުއާޓާގައި ގިނަ މަޝްރޫއުތަކެއް އިއުލާންކޮށްގެން ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި އެގޮތަށް ކުރިއަށް ގެންދަނީ ބަޖެޓުގައި ހުރި ފައިސާ މަދުވުމުން ދޭތެރެއަކުން މަަސައްކަތް ހުއްޓާލަން ޖެހޭތީ ކަމަށް ރާފިއު ވިދާޅުވި އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް