ލައިފްސްޓައިލް

ދިރިއުޅުމުގައި ކުރާ ހުރިހާ ކަމެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރުން ރަނގަޅެއް ނޫން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަހަރެމެންގެ ދިރިއުޅުމުގައި މުހިންމު ރޯލެއް އަދާކުރާ ސޯޝަލް މީޑިއާ އަކީ އެކި މީހުން އެކި ގޮތް ގޮތަށް ބޭނުންކުރާ އެއްޗެކެވެ.

Ads by STELCO

އެއްބަޔަކު ހަމައެކަނި މުނިފޫހިފިލުވާލަން، އަނެއްބަޔަކު ދުނިޔޭގައި ހިނގާ އެކިއެކި ކަންތައްތަކުގެ އަދި އެކި މީހުންނާއި ބެހޭ ގޮތުން މައުލޫމާތު ހޯދަން، އަދި އަނެއް ބަޔަކު ދީނީ އަދި އިޖުތިމާޢީ ނަސޭޙަތް އެކި މީހުންނަށް ފޯރުކޮށްދޭން ވެސް ސޯޝަލް މީޑިއާ ބޭނުން ކުރެއެވެ.

މިބުނި މީހުންގެ އިތުރުން އެހެން ބައެއް ވެސް ވެއެވެ. އެއީ ދިރިއުޅުމުގައި ހިނގާ ހުރިހާ ކަމެއް ނުވަތަ ކުރާ ހުރިހާ ކަމެއް ސޯޝަލް މީޑިއާ ގައި ހިއްސާކުރާ މީހުންނެވެ. މޮޅެތި ސްޓޭޓަސް ޖެހުމުގެ އިތުރުން މިހާރު ސޯޝަލް މީޑިއާގެ ކޮންމެ އެޕްލިކޭޝަނެއްގެ "ސްޓޯރީ" އަށް އެއްޗެހިލާ މީހުން ވެސް މަދެއް ނޫނެވެ.

މީރު ކާއެއްޗެއް ލިބުނަސް، އަލަށް ހަދިޔާއެއް ލިބުނަސް، އަމިއްލައަށް މޮޅު ރީތި އެއްޗެއް ގަނެވުނަސް އަދި ތިމާ ދިރިއުޅޭތަން ނޫން އެހެންތަނަކަށް ދެވުނަސް އެންމެ ފުރަތަމަވެސް ކުރެވޭ ކަމަކީ އަވަހަށް ސްޓޯރީއަށް ފޮޓޯތަކާއި ވީޑިއޯތައް ލުމެވެ. ސޯޝަލް މީޑިއާ އަޕްޑޭޓް ކޮށްލުމެވެ.

މިފަދައިން ސްޓޯރީތައް އަޕްޑޭޓްކޮށް ތިމާގެ ދިރިއުޅުމަށް ނަޒަރެއް ހިންގާލުމަށް އެހެން މީހުންނަށް ތިދެވޭ ފުރުސަތުގެ ސަބަބުން ބައެއް ފަހަރު ގެއްލުމާއި ބޮލުގައި ރިހުމާއި ވެސް ކުރިމަތިވެއެވެ.

ބައެއް މީހުން ތިމާއާއި ދޭތެރޭ ދެކޭގޮތް ބަދަލުވެ، ވަރަށް ގޯސްކޮށް ވެސް ދެކެން ފަށައެވެ. ގިނަ މީހުންނަކީ ކަމެއްގެ ހަގީގަތް ފުރަތަމަ ބަލާނުލާ ގޮތް ނިންމާ އެކަކު އަނެކަކު ގާތު ވާހަކަ ދައްކާ މީހުން ކަމުގައިވާތީ، މިފަދައިން ކަންތައްތައް ކުރުމުން އެތައް ހަމަނުޖެހުމަކާއި ކުރިމަތިވެއެވެ. މީގެއިތުރުން ތިމާމީހާއާއިމެދު މީހުންގެ ހިތް ނުބައިވެ، ވިހަ ދޫތަކުގެ އަސަރާއި ވެސް ކުރިމަތިލާން ޖެހެއެވެ. އެސްފިނާއަކީ ހަގީގަތެކެވެ.

ސައިންސްވެރިން ބުނާގޮތުގައި ތިމާމީހާ ކުރާ ހުރިހާކަމެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރާނީ ދެއްކުންތެރި މީހުންނެވެ. އަދި އެފަދަ މީހުންގެ ދުޝްމަނުން ވެސް ވަރަށް ގިނަވާނެ ކަމަށާއި ޚުދު އެމީހުންނަށް ވެސް އެކަމެއް ނޭނގޭނެ ކަމަށް ކަމާއިބެހޭ މާހިރުން ބުނެފައިވެއެވެ.

ވީމާ ސޯޝަލް މީޑިއާގައި ހުރިހާ އެއްޗެއް ހިއްސާ ކުރުން ހުއްޓާލާށެވެ. އަމިއްލަ ސިކުނޑީގެ ހިތްހަމަ ޖެހުން ހޯދާށެވެ.

މަސްދަރު: ކުއޯރާ.ކޮމް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!