ޚަބަރު ސިއްޙަތު

އެމްޕޮކްސްގެ ނުރައްކާ އޮތްކަން އާންމުކުރުމާ އެކު ރާއްޖޭން ރިސްކް އެސެސްމަންޓެއް ހަދަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ބަލި މީހަކަށް ހިދުމަތް ދެނީ/ ފޮޓޯ:ދެން އިމޭޖްސް

އެމްޕޮކްސް (މަންކީ ޕޮކްސް) ގެ ނުރައްކާ މުޅި ދުނިޔެއަށް އާންމުވެދާނެ ކަމަށް ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ހާމަކުރުމާ ގުޅިގެން ރިސްކް އެސެސްމެންޓެއް ހެދުމަށް ނިންމާފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.

Ads by MWSC

ޑަބްލިއުއެޗްއޯގެ ސެކްރެޓަރީ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރޭސަސް ވިދާޅުވެފައި ވަނީ އެ ޖަމިއްޔާގެ އިމަޖެންސީ ކޮމިޓީގެ ބައްދަަލުވުމަކަށް ފަހު، އެމްޕޮކްސްގެ ހާލަތު އޮތީ މުޅި ދުނިޔެއަށް ނުރައްކާވާ ފަދަ ހާލަތެއްގައި ކަމަށް ފެންނަ ކަމަށް ކަނޑައަޅާފައި ކަމަށެވެ. އެ ލަފާ ބަލައިގަނެ، ޑަބްލިއުއެޗްއޯއިން ވަނީ އެފްރިކާ ސަރަހައްދުގައި މިހާރު އާންމުވެފައިވާ ބައްޔަކީ ނުރައްކާވެދާނެ ފަދަ ހާލަތެއްގައި އޮތް ބައްޔެއް ކަމަށް އިއުލާނުކޮށްފަ އެވެ.

އެޗްޕީއޭއިން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެމްޕޮކްސް އާ ގުޅޭގޮތުން ރިސްކް އެސެސްމަންޓެއް ހަދަމުން އަންނަ ކަމަށެވެ. އަދި ކަމާ ގުޅިގެން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ގުޅޭގޮތުން އިރުޝާދު ދޭނެ ކަމަށެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!