އާސަންދައިން އީވް ކްލިނިކް ސަސްޕެންޑްކުރީ ފްރޯޑް މައްސަލައެއް ގައި
މާލޭގައި ހިންގަމުންދާ އީވް ކްލިނިކްގެ ފްރޯޑް މައްސަލައެއް ފެންމަތިވެ އެ ކްލިނިކަށް އާސަންދަ ދިނުން ހުއްޓާލައިފި އެވެ.
އާސަންދައިގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ ލިސްޓުން އެނގޭ ގޮތުން އެ ކްލިނިކް ސަސްޕެންޑްކޮށްފައި ވަނީ މި މަހުގެ 12 ވަނަ ދުވަހެވެ. އީވް ކްލިނިކުގެ ދެ ތަނެއް މާލޭގައި ހުރެ އެވެ. އެއީ ފަރީދީ މަގުގައި ހުންނަ މައި ކްލިނިކާއި މިފަހުން ވޭސްޓް ޕާކް ސަރަހައްދުގައި ހުޅުވި ތަނެވެ.
"ދެން އޮންލައިން" އަށް އެނގިފައިވާ ގޮތުގައި އީވް ކްލިނިކަށް އާސަންދަ ހުއްޓާލީ ވެސްޓު ޕާކުން ހިދުމަތް ހޯދާ މީހުންނަށް މައި ކްލިނިކަށް ބިލުކުރާ މައްސަލާގަ އެވެ.
ވެސްޓު ޕާކު ސަރަހައްދުގައި ހުންނަ ކްލިނިކަށް އާސަންދައެއް ދޫކޮށްފައެއް ނުވެ އެވެ.
މީގެ ކުރިންވެސް މިފަދަ މައްސަލަ ތަކުގައި ކްލިނިކްތައް އާސަންދައިން ސަސްޕެންޑްކޮށްފައިވެ އެވެ. އޭގެ އިތުރުން ހިދުމަތް ފަރުވާއަށް އާސަންދައަށް ބިލްކޮށް ފައިސާ ނަގާ މައްސަލަތައްވެސް ހިމެނެ އެވެ.
މި މައްސަލަ ފެންމަތިވެފައިވާއިރު ރާއްޖޭގެ ކްލިނިތަކުން ބޭރުގެ ހޮސްޕިޓަލްތަކާ ގުޅިގެން ސްކޭމެއް ހިންގާ ކަމަށް ރައްޔިތުންގެ މަޖިިލިހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވަނީ މާލިއްޔަތު ކޮމިޓީގައި ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.
އެނގިފައިވާ ގޮތުގައި މި ފަދަ މައްސަލަތަކުގައި ވެސް އީވް ކްލިނިކް ހިމެނެ އެވެ.
މަޖިލީހު މެންބަޅުން ވަރަށް އަޑަށް ބާރުލާފަ ކިޔާނެ ” އާދެން އާސަންދަ ކަނޑާލާށޭ! އޭރުން އޭޑީކޭއަށް ވެސް މަޖުބޫރު ވާނޭ އަގު ދަށް ކުރަން. އޭރުން އެއްޗެއް ވިސްނޭނެޔޭ” މެންބަޅުންނަށް ނޭނގޭ ކަމަކީ ކްލިނިކުތަކުން ހޮސްޕިޓާ ތަކުން ނޫޅެޔޭ އާސަންދަ ކޮންމެހެން ދޭހިތަކުންނެއް. ތިޔަ އާސަންދައެއް ނެތަސް މާ ވިޔަފާރި ވާނެ. ހުރިހާ އެންމެން އެއްބަސްކިޔާފަ ވީ އާސަންދަ ކަނޑާލަން. އޭރުން ހުންނާނެ ރާކަނިމަސްކެވިފަ! ދެން ލަލަލާ