ޚަބަރު

ޕީޖީކަމަށް ކުރިމަތިލާން ހުޅުވާލައިފި

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ފޯމް ހުށަހަޅަން ޖެހެނީ ރައީސް އޮފީހަށް/ ފޮޓޯ: ދެން

ހުސްވެފައިވާ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

Ads by STELCO

އެ މަގާމުގައި ކުރިން ހުންނެވި ހުސައިން ޝަމީމް ވަކިކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓަކުންނެވެ.

މަޖިލީހުގެ ތަޅުމުގައި ވޯޓު ނަގާފައިވަނީ ގިނަ ތުހަމަތުތަކެއް އަމާޒުކޮށް, ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މައްސަލަ ބެލުމަށް ފަހު އެވެ.

ރައީސް އޮފީހުން ގެޒެޓުކުރި އިއުލާނުގައި ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުުރުސަތު އަންނަ މަހުގެ 11 ވަނަ ދުވަހުގެ މެންދުރު 12 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ މަގާމަށް ކުރިމަތިލާ މީހެއްގެ ޝަރުތުތައް:

  • މުސްލިމަކު ކަމުގައިވާއި ދިވެއްސަކަށްވުން. އަދި އުމުރުން 25 އަހަރުވެފައިވުން.
  • އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް, ހިޔާނާތުގެ ކުށެއް, ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
  • އިންތިހާބީ މަގާމެއް ނުވަތަ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން.
  • ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވަތަ އެ ފަދަ ހަރަކާތެއްގައި އުޅޭ މީހަކަށް ނުވުން.
  • ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ލިބިފައިވުން.
  • އެ ދާއިރާއިން ރާއްޖޭގައި މަސައްކަތްކުރާތާ މަދުވެގެން 4 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
  • ޕީޖީގެ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން.
  • ޝަރުއީ ނުވަތަ ގާނޫނީ ދާއިރާއާ ގުޅުންހުރި މަސައްކަތެއްކުރާ ކުންފުންޏެއް, ޕާޓްނާޝިޕެއް ނުވަތަ އެ ނޫންވެސް އެފަދަ ތަނެއްގައި ހިއްސާއެއް ނުވަތަ މަގާމެއް އޮތް މީހަކަށް ނުވުން.
  • ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން.

މަގާމަށް އެދި ހުށަހަޅާ ފޯމާއި އިގްރާރާއި ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ބަލައިގަންނާނީ މި އަންނަ މަހުގެ 10 އަށި 11 ވަނަ ދުވަހުގެ ހެނދުނު 8:30 މެންދުރު 12 ޖެހުމުގެ ނިޔަލަށެވެ.

ފޯމާއި އިގްރާރު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް އެ އޮފީހުން ބުނެ އެވެ.

Ads by Ooredoo
  1. އަޑިކޮންނަ

    ކުރިމަތިލާން ހުޅުވާލީ ކީއްވެބާ. ކުރިއެކޭއެއްގޮތަށް އަދުރޭގެ ދަރިޔަކު ނޫނީ ޅިޔަނަކު ނޫނީ ކޮއްކޮއެއް ނޫނީ ދައްތައެއް ނޫނީ ރަށު މީހަކު ނެތީބާ؟

    • އިއްސޭ

      ބޭނުން އެއްޗެއް ހަދާނީ. އަދުރޭގެ މީހުން ނަގާނީ ހަމަ. އެބަތިބި ބޯކޮށް