ޚަބަރު

މައުމޫން ކުރެއްވި ޕޯސްޓަކަށް ރަޝިއާގެ ސަފީރު ހިތްހަމަނުޖެހިއްޖެ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ކުރީގެ ރައީސް މައުމޫން؛ އިލްތިމާސްކުރެއްވީ ރަނގަޅު ކެންޑީޑޭޓުންނަށް ވޯޓު ދެއްވަން/ ފޮޓޯ: ދެން

ރަޝިއާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިއާއަށް އދ. ގެ ސަލާމަތީ މަޖިލީހުން ފިޔަވަޅެއް ނާޅާތީ ކަންބޮޑުވުން ފާޅުކުރައްވައި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ކުރެއްވި ޕޯސްޓަށް ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު ލެވާން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

Ads by Hajj Corporation

އަވައްޓެރި ސްރީލަންކާއަށް ވެސް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލީވާން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގެ ކުރީގެ ރައީސް މައުމޫންގެ ޕޯސްޓަކީ ބަލައިގަންނަން ދަތި ޕޯސްޓެއް ކަމަށެވެ.

ރަޝިޔާގެ އަސްކަރިއްޔާއިން ހިންގި ހާއްސަ އަސްކަރީ އޮޕަރޭޝަންގެ ސަބަބުތަކާއި، ނޭޓޯއިން ރަޝިޔާގެ ރޮނގުތަކާ ވަރަށް ބޮޑަށް ކައިރިވެ ހިންގާ ކަންކަމަކީ ވެސް ރަޝިއާއަށް ފާޑުކިޔުމުގެ ކުރިން ވިސްނަން ޖެހޭ ކަންކަން ކަމަށް ސަފީރު ވިދާޅުވި އެވެ.

ޒެލެންސްކީގެ ސަރުކާރުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން ޑޮންބާސްގެ ސިވިކް އާބާދީގެ ތެރެއިން އެތައް ބަޔަކު ހާލުގައި ޖެހިފައިވާކަން ވެސް ހަނދާންކޮށްދެއްވައި، އެއިން ކަމަކާ މައުމޫން ކަންބޮޑުވެވަޑައިގެން ވާހަކަ ނުދައްކަވަނީ ކީއްވެގެންތޯ ވެސް ސުވާލުކުރައްވާފައިވެ އެވެ.

Ads by Allied Insurance
  1. މޫސާ

    ކާފަނުބެހޭ ކަމެެއްވެސް ނެތް