ޚަބަރު

ސަފީރުންނަށް އުނދަގޫކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލަން އަދާލަތުން ގޮވާލައިފި 

ޢާއިޝަތު ނުހާ ، ދެން އޮންލައިން

ރާއްޖޭގައި ހުރި ބޭރުގެ ބައެއް ޑިޕްލޮމެޓިކް މިޝަންތައް ކައިރިއަށް އެއްވެ, ސަފީރުންނަށް އުނދަގޫކޮށް ގާނޫނާ ހިލާފަށް އެއްވުމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި ދެ އަންހެނުން ދޫކޮށްލަން އަދާލަތު ޕާޓީން ގޮވާލައިފި އެވެ.

Ads by STELCO

އެ މައްސަލާގައި ހައްޔަރުކުރި ދެ މީހުންނަކީ:

  • އާއިޝަތު ޝާދިޔާ، މ. ބަޑިކުޅިމާގެ (47 އަހަރު)
  • ޑރ. ޝަޒުރާ އިބްރާހީމް، ގދ. ރަތަފަންދޫ، ލިލީގެ (36 އަހަރު)

އެ ދެ މީހުންނަކީ އިޒްރޭލާ ދެކޮޅަށް ރާއްޖޭގައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ އުޅޭ ބައެކެވެ. ޑިޕްލޮމެޓިކް މިޝަންތައް ކައިރިއަށް އެއްވެ އަޑު އުފުލަމުން ގޮސްފައިވަނީ ވެސް އެ ކަންކަމާ ގުޅޭ ގޮތުން ކަމަށް މައުލޫމާތު ލިބެ އެވެ.

އެކަމާ ގުޅިގެން އަދާލަތު ޕާޓީން ރޭ ނެރުނު ބަޔާނުގައި ބުނީ އެ މީހުނަކީ މަސްޖިދުލް އަގްޞާ ހިސޯރުކޮށް, ފަލަސްތީނުގެ ބިންތައް ފޭރިގަނެ، ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ޒަޔަނިސްޓް ޔަހޫދީން ހިންގަމުން ގެންދާ ލާއިންސާނީ އަނިޔާވެރި ޖަރީމާތަކާ ދެކޮޅަށް މެދުކެނޑުމެއްނެތި އަޑުއުފުލަމުން ދިޔަ ބައެއް ކަމަށެވެ.

އަދި އެ މީހުން ހައްޔަރުކުރުން އެ ޕާޓީން ކުށްވެރިކުރާ ކަމަށެވެ.

"ސައްތައިން ސައްތަ މުސްލިމް މި ދައުލަތުގައި އިސްރާއީލާ ދެކޮޅަށް އަޑު އުފުއްލަވަމުން ގެންދެވި ދެ ކަނބަލުން ހައްޔަރު ކުރެވުމަކީ ވަރަށް ނާތަހުޒީބު އަދި ދީނީ ހަމަތަކުން ބެލި ނަމަވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ"

އަދާލަތު ޕާޓީން ބުނީ އިޒުރޭލު ޕާސްޕޯޓް މަނާކުރުމާއި ހަމާސްގެ ލީޑަރު ހަނިއްޔާ ޝަހީދުކޮށްލުމާ ގުޅިގެން ސަރުކާރުން އަމަލުކުރި ގޮތާއި އިޒުރޭލާ ދެކޮޅަށް އިހުތިޖާޖުކުރި ދެ އަންހެނަކު ހައްޔަރުކުރުން ފަދަ ކަންކަމަކީ މި މައްސަލައިގައި ރައްޔިތުންގެ ވިންދާ ޝުއޫރާ ދުރަށް ސަރުކާރުން ދަތުރުކުރާ ކަމަށް ދެކޭ ކަމަށެވެ.

އޭގެ އިތުރުން ސަރުކާރުން ފަލަސްތީނާ މެދު ޒަމާނުއްސުރެ ގެންގުޅުމުން އައި ރަނގަޅު ހެޔޮ ސްޓޭންޑު ބަދަލުވެފައިވާކަމަށް ބުނުމުގެ ޖާގަ އޮތް ކަމަށް ވެސް އަދާލަތު ޕާޓީން ބުންޏެވެ.

އަދާލަތު ޕާޓީން ވަނީ ފަލަސްތީނުގެ ގަޒިއްޔާގައި ސަރުކާރުން ވައުދުވި ކަންކަން ފުރިހަމަކުރުމަށް ސަރުކާރަށް ގޮވާލާފަ އެވެ.

Ads by HDC
  1. ސިމުރާން

    ދެނ އަދާތަލުނ ކިޔާދީބަލ ޑިޕްލޮމެޓިކ އިމުއިނިޓީ…..

  2. ކޮޔާ

    ޢިމްރާންގެ މިނިސްޓަރުކަމުގަ ޔޯގާ އާއި ދެކޮޅަށް ކުރި އިޙުތިޖާޖުގަ ޢިލްމުވެރިން ހައްޔަރުކުރި އުސޫލު ބުނެދީ އޭރުން ދުކޮއްލާނަން ޢިޔާޒުގެ އަންހެނުންވިޔަސް ހައްޔަރު ކުރަންޖެހޭ ޙާލަތްތަކުގަ ހައްޔަރު ކުރަންޖެހޭނެ

    • ޕާރސަނަލް

      މާ ޕަރސަނަލް ވީ ތޯ