Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އޯ ލެވެލާއި އޭ ލެވެލްގެ ފޭކް ސެޓްފިކެޓްތަކެއް ދައުރުކުރަނީ، މައްސަލަ ޕޮލިހަށް!

އޯ ލެވެލާއި އޭ ލެވެލްގެ ފޭކް ސެޓްފިކެޓްތަކެއް ދައުރުކުރަނީ، މައްސަލަ ޕޮލިހަށް!

ސާނަވީ ތައުލީމު ނުވަތަ އޭ ލެވެލް އިމްތިހާނާއި މަތީ ސާނަވީ ތައުލީމު ނުވަތަ އޭ ލެވެލް އިމްތިހާނުގެ "ފޭކު" ސަނަދުތަކެއް ދައުރުވަމުންދާ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ބުނެފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ އެ އޮތޯރިޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ އޮތޯރިޓީގެ ސަމާލު ކަމަށް އެ ކަން އައުމުން އެ މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ޖެހޭ އިދާރާތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށް ވެސް އެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.

Advertisement
Ooredoo — Truecaller (box)

އަދި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކަށް (ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް) ދަރިވަރުންނަށް ކޯސްތަކުގައި ފުރުސަތު ދިނުމުގައި ހުށަހަޅާފައިވާ ސަނަދުތަކަކީ ސައްހަ ސަނަދުތަކެއް ކަން ކަށަވަރު ކުރުމަށް އިތުރަށް ސަމާލު ކަމެއް ދިނުމަށް ކޮލިފިކޭޝަން އޮތޯރިޓީން އެދިފައިވެ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް