Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ހަތް މީހުންނާއެކު ގަމުން ފުރައިގެން މާލެ ދަތުރުކުރި ބޯޓެއް ގެއްލިގެން ހޯދަނީ

ހަތް މީހުންނާއެކު ގަމުން ފުރައިގެން މާލެ ދަތުރުކުރި ބޯޓެއް ގެއްލިގެން ހޯދަނީ

ރޭ ފަތިހު ލ. ގަމުން މާލެއަށް ފުރި އެރަށު ބޯޓެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިގެން ހޯދަމުން އަންނަނީ "އަކިރިސް" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެކެވެ.  އެ ބޯޓުގައި ދެ ދިވެހިންނާއި ފަސް ބިދޭސީން ދަތުރުކުރަމުން ދިޔައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބޯޓުގެ ޚަބަރު އެންމެ ފަހުން ވެފައިވަނީ މިއަދު ހެނދުނު 9:18 ގައެވެ. އޭރު އެ ބޯޓު ދަތުރުކުރަމުން ދިޔައީ އެއަތޮޅު އިސްދުއާ ދިމާ ބޭރުން މ އަތޮޅާ ދިމާލަށެވެ. އޭގެ ފަހުން ޖީޕީއެސް އިން ބޯޓެއް ނުދައްކައެވެ. އަދި ބޯޓުގެ ފަޅުވެރިއަކަށް ވެސް ނުގުޅެއެވެ.

Advertisement
Allied — Dhen Online (box)

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބޯޓު ގެއްލުނުއިރު ދެ ދިވެހިންނާއި ފަސް ބިދޭސީން ފަޅުވެރިންގެ ގޮތުގައި ބޯޓުގައި ތިއްބެވެ.

ބޯޓުގެ ޚަބަރެއް ނުވެގެން މިރޭ އިރާކޮޅު އެމްއެމްޑީއެފްގެ ކޯސްޓް ގާޑަށް ވަނީ މައްސަލަ ހުށަހަޅާފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް