އަކިރިސް ބޯޓު ފެނިއްޖެ, އެންމެންގެ ހާލު ވެސް ރަނގަޅު

އިއްޔެ ލ. ގަމުން ފުރައިގެން ދަތުރުކުރަމުން ދިޔަ ގަމު މުދާ އުފުލާ ބޯޓެއް ކަމަށްވާ އަކިރިސްގެ ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް, ބޯޓު ފެނިއްޖެއެވެ.
އެ ބޯޓު ހޯދަން ފަށާފައިވަނީ ރޭ އިރާކޮޅުއެވެ. ގަމުން ބޯޓު ފުރީ އިއްޔެ ފަތިހުއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބޯޓު ފެނިފައިވަނީ މ. ރަތްމަންދޫ 22 ނޯޓިކަލް މޭރު ބޭރުން އިންޖިން ހުއްޓިފައި ވަނިކޮށެވެ. ބޯޓުގައި ޖުމްލަ 14 މީހަކު ތިބި ކަމަށާއި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ކޯސްޓު ގާޑުން މައުލޫމާތުދެއެވެ.
ބޯޓު ފެނިފައިވަނީ ކޯސްޓް ގާޑުގެ އިންޓަސެޕްޓާ ކްރާފްޓް މާފަތް ލޯންޗަށެވެ.