Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ހުތުބާ ކިޔާ މީހުންގެ ލިސްޓު މުރާޖާ ކުރަނީ

ހުތުބާ ކިޔާ މީހުންގެ ލިސްޓު މުރާޖާ ކުރަނީ

މާލެ ސިޓީގެ މިސްކިތްތަކުގައި ހުތުބާ ކިޔާ ފަރާތްތަކުގެ ލިސްޓު މުރާޖާ ކުރުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަހީމް އެހެން ވިދާޅުވީ ޝެއިހް އަލީ ޒައިދް 'އެކްސް' ގައި ކުރި ޕޯސްޓަކަށް ޖަވާބު ދެއްވަމުންނެވެ.

ޝަހީމް ޓެގްކޮށް ކުރި ޕޯސްޓެއްގެ ޒައިދު ވިދާޅުވީ ފަރިތަނުކޮށް ހުތުބާ ކިޔުމަކީ އަޑު އަހަން ތިބޭ މީހުންގެ ޝައުގުވެރިކަން ގެއްލޭ ކަމެއް ކަމަށެވެ.

Advertisement
Allied — Dhen Online (box)

އޭގެ ސަބަބުން ހުތުބާގެ އަސަރުކެނޑި އެއިން ދޭން ބޭނުންވާ މެސެޖުވެސް ގެއްލޭ ކަމަށް ޒައިދުގެ ޕޯސްޓުގައި ފާހަގަކުރި އެވެ.

"މިންބަރު މަތީގައި ހުންނަވައި ތިޔަ އަދާކުރައްވާ ވަޒީފާ އަށް ފުރިހަމަ އަށް ޝައުގު ބަހައްޓައި، އެކަށީގެންވާ ވަރަށް ތައްޔާރު ވެލައްވާ." ޒައިދު ވިދާޅުވި އެވެ.

އެ ޕޯސްޓު ރީޕޯސްޓު ކުރައްވާ ޝަހީމް ވިދާޅުވީ ހުތުބާ ލިސްޓު މުރާޖާ ކުރާއިރު އިލްމީ ގާބިލް ހުނަރުވެރި ބޭފުޅުންނަށް ފުރުސަތު ދޭނެ ކަމަށެވެ.

ހުކުރު ހުތުބާ ޓީވީން ލައިވް ކުރަމުންދާއިރު އިނގިރޭސި ބަހުން ސަބްޓައިޓްލް އަރުވަން މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން ވަނީ ފަށާފަ އެވެ. ބޭރުގެ މަޝްހޫރު އިލްމުވެރިން ރާއްޖޭގައި ހުކުރު ހުތުބާ ދެއްވަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް