ބަންގްލަދޭޝްގައި ދިވެހި ދެ އަންހެން ޑޮކްޓަރަކަށް ހަމަލާދީފި
ބަންގްލަދޭޝްގެ ޗިޓަގޮންގް މެޑިކަލް ކޮލެޖު ހޮސްޕިޓަލުގައި ދިވެހި އަންހެން ދެ ޑޮކްޓަރަކަށް ހަމަލާދީފި އެވެ.
އެކަހަލަ ކަމެއްވެގެން އުޅޭ ވާހަކަ ފެންމަތިކުރީ އެ ހޮސްޕިޓަލުގައި މަސައްކަތްކުރަމުން އަންނަ ބަންގްލަދޭޝްގެ އަންހެން ޑޮކްޓަރެކެވެ.
ޝަހަލަރް ޝާފީ ނަމަކަށް ކިޔާ މީހަކު ފޭސްބުކް ގައި ކުރި ޕޯސްޓެއްގައި ބުނީ ދެ ޑޮކްޓަރުންނަށް ހަމަލާދީފައިވަނީ އެ ހޮސްޕިޓަލަށް ފަރުވާހޯދަން ދިޔަ ޕޭޝަންޓެއްގެ އާއިލާ މީހެއް ކަމަށެވެ.
އަދި އެ މައްސަލަ ހިންދާލަން އެތަނުގައި އެވަގުތު ތިބި ސީނިއާ ޑޮކްޓަރުން މަސައްކަތް ކުރި ކަމަށާއި, ނަމަވެސް ކޮލެޖްގެ ޑިރެކްޓަރާ ހަމަޔަށް މައްސަލަ ގެންގޮސްފައިވާ ކަމަށެވެ.
"އެކަކު ގައިގައި ޖެހި, އަދި އަނެއް މީހާ އަތުގައި ހިފާ ދެމި ވަރަށް, އަދި ވަރަށް ހަޑިކޮށް ވާހަކަ ދައްކާ އައުގުރާނަ ގޮވާ ހެދި" އެފްބީގައި ކުރި ޕޯސްޓުގައި އޭނާ ބުންޏެވެ.
އެ މައްސަލަ ހޫނުވުމުން, އެތަނުގައި ތިބި އެހެން ޑޮކްޓަރުން ވަނީ ދިވެހި ޑޮކްޓަރުން ސްޓޯރޫމަށް ގެންގޮސްފަ އެވެ. އެތަނުގައި އެ ދެ ޑޮކްޓަރުން ދެ ގަޑިއިރު ތިބި ކަމަށާއި, އެ މީހުން ގެޔަށް ގެންދިޔައީ އިތުރު ދިވެހި އިންޓާން ޑޮކްޓަރުންތަކެއްގެ އެހީގައިކަން އެނގިފައި ވެއެވެ.
ރާއްޖޭގެ ބައެއް މީޑިއާއަތަކުން ރިިޕޯޓްކޮށްފައިވާ ގޮތުގައި ދިވެހި ޑޮކްޓަރުން ގައިގައި ޖަހާ މާރާމާރީ ހިންގާފައިވަނީ ހާޓް އެޓޭކެއް ޖެހުނު މީހަކަށް ނުބައި އިންޖެކްޝަނެއް ދީގެން މަރާލި ކަމަށް ބުނެ އެވެ. ނަމަވެސް އެ ޑޮކްޓަރުންގެ ޑިއުޓީ ފެށުނު ފަހުން އެއްވެސް އިންޖެކްޝަނެއް ޖަހާފައިނުވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.
އެނގިފައިވާ ގޮތުން ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ދަނީ އެ މައްސަލަ ބަލަމުންނެވެ.