ޚަބަރު

މަނަފަރުން 80 މުވައްޒަފުން ވަކިކޮށް އެމީހުންގެ ރަށްރަށަށް ފޮނުވާލައިފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ހއ. އަތޮޅުގައި ހިންގަމުން އަންނަ ޖޭއޭ މަނަފަރުގައި މަސައްކަތް ކުރަމުން ދިޔަ 80 ވަރަކަށް މުވައްޒަފުން ވަޒީފާއިން ވަކިކޮށް ފޮނުވާލައިފިއެވެ.

Ads by STELCO

މީގެތެރޭގައި 70 އާއި ގާތްކުރާ ދިވެހިން ހިމެނޭއިރު، އެއީ އެއަތޮޅުގެ ދިއްދޫ، އިހަވަންދޫ އަދި ހޯރަފުއްޓަށް ނިސްބަތްވާ ދިވެހިންނެވެ. އަދި މަނަފަރުން ވަޒީފާއިން ވަކިކުރި ބައެއް މުވައްޒަފުންނަކީ ކޮވިޑު-19 އާއި ގުޅިގެން ރިސޯޓުތައް ބަންދުކުރި އިރު، މުސާރައިގެ 25 އިންސައްތަ ދީ ރަށްރަށަށް ފޮނުވާލާފައިވާ މީހުންނެވެ.

ކޮވިޑު-19 އާއި ގުޅިގެން ރަށްރަށަށް ފޮނުވާލާފައިވާ ބައެއް މުވައްޒަފުންނަށް، މިމަހުގެ އެއްވަނަ ދުވަހު އަނބުރާ ރިސޯޓަށް އައުމަށް ބުނެފައިވާ ކަމަށާއި، އެހެންނަމަވެސްކުއްލިގޮތަކަށް މިހާރު ވަޒީފާއިން ވަކިކޮށްފައިވާ ކަމުގެ ލިޔުން އެންމެނަށްވެސް ދީފައިވާކަމަށް އެ ރިސޯޓުގައި މަސައްކަތް ކުރަމުން އައި މުވައްޒަފެއްވަގުތުއާއި ވަނީހިއްސާކޮށްފައެވެ.

ރިސޯޓުން މިމަހު ފަހުކޮޅާއި ހިސާބުގައި މީހުން ވަކިކުރާނެ ކަމަށް ބުނިނަމަވެސް މިހާ އަވަހަށް އަދި ކުއްލި ގިތަކަށް އެކަން ކޮށްފާނޭ ހިތަށް ނާރާ ކަމަށްވެސް އޭނާ ވަނީބުނެފައެވެ.

މިކަމާއި ބެހޭގޮތުން ކަންބޮޑުވުން ފާޅު ކުރައްވައި، ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލޭ) ވިދާޅުވީ، އެއްދުވަސް ތެރޭގައި ހޯރަފުއްޓަށް ނިސްބަތްވާ 67 މުވައްޒަފުން ވަޒީފާއިން ވަކިކުރުމަކީ ކަންބޮޑުވާކަމެއްކަމަށެވެ.

68 އާއިލާއަކަށް ލިބިގެން އެދިޔައީ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި އެމީހުން ތިބީ ހާލަތު ރަނގަޅުވަންދެން ކުޑަ އުވމޖޫރައަކަށް މަސައްކަތް ކުރުމަށް ވެސް ތައްޔާރަށް ކަމަށްސައްލޭ ވަނީ ބުނެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!