ޚަބަރު

އަތުހަރުގެ މަރުގެ މައްސަލަ އުސޫލުތަކާ އެއްގޮތަށް ތަހުގީގު ނުކުރާނެ ކަމަށް އިހުސާން ވިދާޅުވި: އެމްޑީޕީ

ޢާއިޝަތު ނުހާ ، ދެން އޮންލައިން
އެމްޑީޕީ ގައުމީ މަޖީލީހުން ބޭއްވި ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: އެމްޑީޕީ

އަންހެނަކު ރަހީނުކުރި މައްސަލާގައި ފުލުހުންގެ ބަންދުގައި ހުއްޓާ ދޫނިދޫ ޖަލުގައި ދަންޖެހެން އުޅުމުން އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވި, ށ. މިލަންދޫ 32އ އާދަމް އަތުހަރުގެ މަރުގެ މައްސަލާގައި ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނަށް އެމްޑީޕީން ތުހުމަތުތަކެއް ކޮށްފި އެވެ.

Ads by MWSC

އަތުހަރުގެ މަރުގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު އެކަމުގައި ފުލުހުންގެ އިހުމާލު އޮތްކަމަށް ތުހުމަތު ކުރެވެމުންދާއިރު އެމްޑީޕީން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ކޭސް ގައި ފުލުހުންގެ ބަދަލުގައި އިހުސާން، އެ ހާދިސާގެ މައުލޫމާތު ހިއްސާކުރުމުގައި އިސްކޮށް ހަރަކާތްތެރިވުމަކީ ފުލުހުންގެ ގާނޫނު މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށް އެޅޭ ހުރަހެއް ކަމަށެވެ.

ފުލުހުންގެ ގާނޫނުގައި އެ ހިދުމަތް ހިންގާނެ ގޮތް ސާފުކޮށް ބަޔާންކޮށްފައިވާއިރު އެ ގާނޫނަށް ބެލުމެއް ނެތި މިނިސްޓަރު، ފުލުހުންގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވަމުންގެންދާ ކަމަށް ބުނެ އެމްޑީޕީން ކަންބޮޑުވުން ފާޅުކުރި އެވެ.

އުސޫލުތަކާ އެއްގޮތަށް އެކަން ތަހުގީގު ނުކުރާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވުމަކީ ފުލުހުންގެ ޕްރޮފެޝަނަލިޒަމަށް އަސަރުކުރާ ކަމެކެވެ. އެއީ ގާނޫނީ އިމުގެ ބޭރުން މަސައްކަތް ކުރުމަށް ފުލުހުންނަށ ދެވޭ ހިތްވަރެއް ކަމުގައި ދެކެމެވެ.

ރަހީނުކުރި އަންހެން މީހާ ސަލާމަތްކުރުމަށް ފުލުހުން އަމަލުކުރި ގޮތަށް އިޝާރާތްކޮށް އެމްޑީޕީން ބުނީ އެ ހާލަތުގައި ފުލުހުން އަމަލުކޮށްފައި ވަނީ އެފަދަ ހާލަތެއްގައި އަމަލުކުރުމަށް ފުލުހުންގެ ތެރޭގައި ކަނޑައަޅާފައިވާ ހަމަަތަކާ ހިލާފަށްކަމުގެ ސުވާލު އުފެދޭ ކަމަށެވެ.

އެމްޑީޕީން ވަނީ ބާރުގެ ބޭނުންކުރުމުގެ ތެރޭގައި އަތުހަރަށް ލިބުނު ޖިސްމާނީ އަނިޔާއަށް ފަރުވާ ފުރިހަމަވުމުގެ ކުރިން އޭނާ އަލުން އަނބުރާ ފުލުހުންގެ ބަންދަށް ގެންގޮސް ދޫނިދޫގައި ބަންދުކުރީ ހަދަން ޖެހޭ އެސެސްމަންޓުތައް ފުރިހަމަކޮށްފައިތޯ ތަހުގީގުން ކަށަވަރުކުރަން ގޮވާލާފަ އެވެ.

އޭގެ އިތުރުން ޖަލު ގޮޅީގައި އަތުހަރު ހަރަކާތްތެރިވަމުން ދިޔަ ގޮތް ރަނގަޅަށް ބަލައި އެކަށީގެންވާ ވަގުތުގައި ފިޔަވަޅު އެޅުމުގައި އިހުމާލުތަކެއް އޮތް ކަމަށް އެމްޑީޕީން ބުންޏެވެ.

އަތުހަރު އައިޖީއެމްއެޗަށް ގެންގޮސް އާއިލާއަށް ދޭން ޖެހޭ މައުލޫމާތު އެންމެ ފުރިހަމައަށް ނުދޭ ކަމަށް ވެސް އެމްޑީޕީން ތުހުމަތު ކުރި އެވެ.

Ads by Allied Insurance
  1. ތްރިއްލާ

    މައުމޫނު ސާޖިދާ އޮޅާލަބަލަ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ ޖަހާ ބެކަށް ގެޓް ދަ ޕޮއިންޓް. ގުޑް ލެޓްސް ޑާންސް. އާއް ލުކް އެޓް ދެޓް ތިންގް އިޓްސް ހޮރިބުލް އެން ޓެރިބްލް ދޯ ކްއޯއް ހޮޑުލެވެނީ ހޮޑުލެވެނީ ހޮޑުލެވެނީ ކްއޯއް ކްއޯއް ކްއޯއް ހޮޑުލެވެނީ ހޮޑުލެވެނީ ހޮޑުލެވެނީ ކްއޯއް ކްއޯއް ކްއޯއް ހޮޑުލެވެނީ ހޮޑުލެވެނީ ހޮޑުލެވެނީ ކްއޯއް ކްއޯއް ކްއޯއް އިޓްސް ދަ އީވްލް އޮފް ދަ ތްރިއްލާ ހާއްހަހާހާހާހާ ހާހާހާހާ ހާހާހާހާ ހޮހޮހޮހޮހޮ…

  2. އޮޅާލާ

    އަޚްލާގު ރަނގަޅު ކަމުންދޯ މަޖްލީހުގެ ރައީސް ހުންނަ ގެއަކަށް މަހަކު 300 މިލިއަން ރުފިޔާ ޚަރަދުކުރަނީ އެއީ ކޮންމެހެން އެތައް ހާސް ބަޔަކަށް ވަޒީފާ ދޭން ޖެހޭނެ ތަނެއް ނޫނޭ އަދުރޭ މެން ގައުމު ދެކެ ލޯބިނު ވާ ކަމުގެ އަލިގަދަ ދަލީލު ތަކޭ މިއިން އެގިގެން ދަނީ މުއިއްޒުގެ ވެރިކަމުގައި ޚަރަދުކުޑަ ކުރަން އެއްވެސް ކަމެއް ނުުކުރެއޭ ޚަރަދުކުޑަ ކުރުން މުއިއްޒު ސަރުކާރުން ވަނީ އޮޅާލާފައޭ ތަމެން ދެން ކޮން އަޚްލާގެއްގެ ވާހަކަ އެއް ދައްކަންތޭ އަޚްލާގަކީ ދޮގުނެހެދުމޭ މުއިއްޒު ވަނީ ތެދުވެރިކަމުގެ އަޚްލާގު އޮޅާލާ އޭނާ ބެކަށް ޖަހާފައޭދޯ…