Monday, 2 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ގައުމިއްޔަތުގެ ނަމުގަ ފިތުނައަށް ޖާގަ ދީގެން ނުވާނެ: ޝާހިދު

ގައުމިއްޔަތުގެ ނަމުގަ ފިތުނައަށް ޖާގަ ދީގެން ނުވާނެ: ޝާހިދު

ޤައުމިއްޔަތުގެ ނަމުގައި ބައިބައިވުން އުފައްދައި ފިތުނައާއި ނަފުރަތު ފެތުރުމަށް ޖާގަދީގެން ނުވާނެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު އެހެން ވިދާޅުވީ ގައުމީ ދުވަހުގެ ތަހުނިޔާ ފޮނުވަމުން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ޝާހިދު ވިދާޅުވީ ގައުމިއްޔަތުގެ ނަމުގައި ފިތުނަ އަށް ޖާގަދީފިނަމަ އެކަންވެގެންދާނީ ގައުމިއްޔަތަށް އޮތް އެންމެ ބޮޑު ނުރައްކަލެއްގެ ގޮތުގައި ކަމަަށެވެ.

Advertisement
Allied — Dhen Online (box)

ޝާހިދު ވިދާޅުވީ ދިވެހި ގައުމިއްޔަތު ބިނާކުރެވިފައިވަނީ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މައްޗަށް ކަމަށެވެ.

ދިވެހިންނަކީ އެއްދީނެއްގައި ތިބެ އެެއްބަހަކުން ވާހަކަދައްކާ އަދި އެއް ނަސްލެއްގެ އެއްބައެއްކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ އެއީ ދުނިޔޭގެ މަދުބަޔަކަށް ނޫނީ ލިބިފައިނުވާ މަތިވެރި ނަސީބެއް ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް