Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ

އަމާރީ ހަވޮއްޑާ މޯލްޑިވްސްގައި މޫދަށް އެރި އުޅުނު ޓުއަރިސްޓަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން “ދެންއަށް މައުލޫމާތު ދެމުން ވިދާޅުވީ ގދ. އަތޮޅު ރިސޯޓެއްގައި ސްނޯކްލިންއަށް ފައިބާ އުޅުނު އިނގެރޭސި ވިލާތަށް ނިސްބަތްވާ 37އަހަރުގެ ފިރިހެން ފަތުރުވެރިޔަކު ހާލު ދެރަވެގެން ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މަޢުލޫމާތު މިއަދު 16:30ހާއިރު ލިބިފައިވާ ކަމަށެވެ.

އޭނާ ނިޔާވެފައި ވަނީ ހޮސްޕިޓަލުގައި ފަރުވާދެނިކޮށް ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާ ނިޔާވެފައި ވަނީ 18:12ހާއިރުއެެވެ.

Advertisement
HDC — Sidebar (box)

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް