Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ވަޅި ޖަހައި މަރާލާނެކަމުގެ އިންޒާރު ދިން ފުލުހެއްގެ މައްސަލަ ބަލަނީ

ވަޅި ޖަހައި މަރާލާނެކަމުގެ އިންޒާރު ދިން ފުލުހެއްގެ މައްސަލަ ބަލަނީ

ވަޅި ޖަހައި މަރާލާނެ ކަމުގެ އިންޒާރު ދިން ފުލުހެއްގެ މައްސަލަ ބަލަން ފަށައިފި އެވެ.

ވަޅި ޖަހައި މަރާލާނެ ކަމަށް ބުނެ އިންޒާރު ދީފައި ވަނީ ފިރިހެން ފުލުހެކެވެ. އޭނާ އިންޒާރުދޭ އަޑު އިވޭ އޯޑިއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރު ވަމުންނެވެ.

އެ އޯޑިއޯއާ ގުޅިގެން "ދެން"އިން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެފަދަ މައްސަލައެއް ހުށަށަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ބަލަން ފަށާފައިވާ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

އިންޒާރު ދިން ފިރިހެން ފުލުސްގެ ފޮޓޯއާއި ވަނަވަރު ވެސް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަ ދެ އެވެ.

އެ ފިރިހެން މީހާ އިންޒާރު ދީފައި ވަނީ އޭނާގެ ލޯބިވެރިޔާ ކަމަށް ދަނީ އަޑު ފެތުރެމުންނެވެ.

އޭގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.

ވަޅިން ބިރު ދެއްކުމާއި އިންޒާރު ދިނުމަކީ ގާނޫނީ ގޮތުން ބޮޑު ކުށެކެވެ. އަދި އެފަދަ މައްސަލަތަކުގައި ބޮޑު ހުކުމެއް އައުމުގެ ފުރުސަތު ވެސް އޮވެ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް