ޚަބަރު

ވެމްކޯގެ ހަރަދުތައް 40 މިލިއަނުން 12 މިލިއަނަށް ކުޑަކުރެވިއްޖެ: އެމްޑީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ވެމްކޯ މުވައްޒަފުންތަކެއް ކުނި ނަގަނީ

ވެމްކޯގެ ހަރަދުތައް 40 މިލިއަނުން 12 މިލިއަނަށް ކުޑަކުރެވިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލު ވިދާޅުވެއްޖެ އެވެ.

Ads by MWSC

ޕީއެސްއެމްއިން ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މުޖުތަބާ ރޭ ވިދާޅުވީ ވެމްކޯއާ މި ސަރުކާރުން ހަވާލުވީ 160 މިލިއަނުގެ ދަރަންޏަކާ އެކު ކަމަށެވެ.

އެހެންވެ މިހާރު އެންމެ ބޮޑު ސަމާލުކަމެއް ދެނީ ކުންފުނި ދަރަނިން ސަލާމަތް ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެގޮތުން އެކަމަށް ޓަކައި އަމާޒު ހިފާފައިވާ އިރު މި އަހަރުގެ ދެވަނަ ކުއާޓާއާ ހަމައަށް އައިއިރު ވެމްކޯ އޮޕަރޭޓް ކުރުމުގެ ހަރަދުތައް 46 ޕަސެންޓް ކުޑަކޮށްފައިވާ ކަމަށެވެ.

"އޭގެ މާނައަކީ ކުރިން ހަރަދު ގާތްގަނޑަކަށް 40 މިލިއަނުން 12 މިލިއަނަށް ތިރިކުރެވުނީއޭ. އެހެންވީމާ މިހާ ބޮޑު ކުރިއެރުމެއް ގެނެވިފައި މިވަނީ އެކިއެކި ސާވިސްތައް އިންޓްރޮޑިއުސްކޮށް ރިސޯސްތަކެއް ޔުޓިލައިޒްކޮށް ކުރިއަށް ގެންދިއުމުން" މުޖުތަބާ ވިދާޅުވި އެވެ.

އެމްޑީ ވިދާޅުވީ ކުންފުންޏަކީ ގޮން ޖެހުންތައް ބޮޑު ކުންފުންޏަކަށްވާ އިރު އެ ކުންފުނި އެއް ދުވަހަކަށް ވެސް ހުއްޓާލެވެން ނެތް ކަމަށެވެ.

އެގޮތުން މި ސަރުކާރުން ވެރިކަމަށް އައިއިރު ވެމްކޯގެ ގިނަ ވެހިކަލްތައް ވެސް ހުރީ ބޭނުންކުރެވޭ ހާލަތުގައި ނޫން ކަމަށެވެ. އަދި އެއް ވެހިކަލަކަށް މައްސަަލަ ޖެހުމުން އެހެން ވެހިކަލްތަކުން ސްޕެއާ ނަގައިގެން އެ ވެޖިކަލްތައް މަރާމަތުކޮށް ބޭނުންކުރުމުން ދިޔަކަން ވެސް އެމްޑީ ފާހަގަ ކުރެއްވި އެވެ.

އެހެން ނަމަވެސް މިހާރު ވެމްކޯގެ ވެހިކަލް ފްލީޓްގެ 99 ޕަސެންޓް މަގުމައްޗަށް ނެރެމުންދާ ކަމަށް އެމްޑީ ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!