ޚަބަރު

 ދޮޅު ލައްކައެއްހާ ރުފިޔާ ހަރަދުކޮށްގެން ފ. އަތޮޅު ކައުންސިލްގެ 20 ބޭފުޅަކު ލަންކާއަށް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފ. އަތޮޅު ކައުންސިލް އިދާރާ-- ފޮޓޯ/ދެން

ދޮޅު ލައްކައެއްހާ ރުފިޔާ ހަރަދުކޮށްގެން ފ. އަތޮޅު ކައުންސިލްގެ 20 ބޭފުޅަކު ސްރީލަންކާއަށް ދާ ގޮތަށް ހަމަޖެހިއްޖެ އެވެ.

Ads by MWSC

ފ. އަތޮޅު ކައުންސިލްގައި އިންނަވާ އެ އަތޮޅު ދަރަނބޫދޫ ކައުންސިލްގެ ރައީސް އަބްދުލް ހަމީދު އާދަމް "ދެން" އަށް ވިދާޅުވީ މިއީ ތަޖުރިބާ ހޯދުމަށް ކުރާ ދަތުރެއް ކަމަށެވެ. އަދި އެ ދަތުރުކުރަނީ ފިނޭންސް މިނިސްޓްރީން ހުއްދަ ނަގައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ދަތުރު ފަށަނީ އަންނަ ހޮނިިހިރު ދުވަހެވެ. އެ ދަތުރުގައި ލަންކާގެ ވެރިރަށް ކޮލަމްބޯ އަދި ނޫރަލިއާއަށް ދާނެ ކަމަށް ހަމީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ދަތުރުގެ އެއްކޮޅު ޓިކެޓް ހަމަޖައްސަނީ މުވައްޒަފުންގެ ހަރަދުގައި ކަމަށެވެ. އަދި ހުރިހާ ކަމަކަށް ކައުންސިލްގެ ބަޖެޓުން ގާތްގަނޑަކަށް 150،000 ރުފިޔާ ހަރަދު ވާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމީދު އިތުރަށް ވިދާޅުވީ ފުުރަތަމަ މަސައްކަތް ކުރީ ތަޖުރިބާ ހޯދުމަށް އައްޑޫ ސިޓީއަށް ދިއުމަށް ކަމަށެވެ. އެހެން ނަމަވެސް އައްޑޫއަށް ދިއުމަށް މާބޮޑު ހަަރަދުތައް ކުރަން ޖެހި އަދި ހުރުމަށް ވެސް މާ ބޮޑު ހަރަދެއް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެެވެ.

ފ. އަތޮޅު ކައުންސިލްއިން ބޮޑު ހަރަދެއް ކޮށްގެން ލަންކާއަށް ގިނަ އަދަދެއްެ މުވައްޒަފުންދާން ނިންމި އިރު ކައުންސިލްތަކުން މާލީ ޒިންމާދާރުކަމެއް ނެތި ހަރަދުކުރާކަމަށް އޮންނަނީ ތުހުމަތު ކުރެވިފަ އެވެ.

އެ ގޮތުން މި އަހަރުގެ ތެރޭގައި ގދ. އަތޮޅު ކައުންސިލަރުން ތުރުކީއަށާއި ދުބާއީއަށް ކައުންސިލްގެ ބަޖެޓުން ހަރަދުކޮށް ދަތުރުކޮށް އަށް ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމް މިދިޔަ ޖުލައި މަހު މަޖިލީހުގައި ވިދާޅުވި އެވެ.

Ads by Allied Insurance
  1. އިއްބެ

    އެމީހަކަށްފެލުނުގޮތަކަށް މިއަދުފެލާ ޒިއްމާދާރުވާންޖެހޭދުވަހެއްއަންނާނެކަންޤަބޫލުކުރާމީހަކު އެހެންއެކަމެއްނުކުރާނެ

  2. އަލިބެ ހުޅުމާލެ

    ހެހެހެ ތިޔަ ހޯއްދަވަނީ ކޮންކަމެއްގެ ތަޖުރިބާއެއް ހެއްޔެވެ؟ ނޫރައްލިޔާގެ އިތުރުން ކެންޑިީ ވެސް ބަލާލަން ދާން ރަގަޅު ތަނެކެވެ. މިމީހުން ހިތުން ދެން މިތިބީ މޮޔައިންނެވެ.