Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މާލޭ ސަރަހައްދުގައި ބަހުގެ ހިދުމަތް ފަތިހު ފަހެއް ޖަހާއިރު ފަށަނީ

މާލޭ ސަރަހައްދުގައި ބަހުގެ ހިދުމަތް ފަތިހު ފަހެއް ޖަހާއިރު ފަށަނީ

މާލޭ ސަރަހައްދުގައި އެމްޓީސީން ދެމުން ގެންދާ ބަހުގެ ހިދުމަތް ފަތިހު ފަހެއް ޖަހާއިރު ފަށަން ނިންމައިފި އެވެ.

މީގެ ކުރިން އެމްޓީސީން ބަހުގެ ހިދުމަތް ފަށަނީ ހެނދުނު ހައެއް ޖަހާއިރު އެވެ. ހެނދުނު ފަހަކުން ބަހުގެ ހިދުމަތް ދޭން ފަށާނީ އަންނަ އާދިއްތަ ދުވަހުންނެވެ.

އެމްޓީީސީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ނިންމުން ނިންމީ ކަސްޓަމަރުން ދީފައިވާ ހިޔާލުތަކަށް ރިއާޔަތްކޮށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އިރުޝާދުގެ ދަށުން ކަމަށެވެ.

Advertisement
Allied Insurance — Square (box)

އަދި ބަހުގެ ހިދުމަތް ހެނދުނު ފަހަކުން ފަށާނީ އާރު1، އާރު2، އާރު6، އާރު7، އާރު8، އާރު10، އާރު11 އަދި އާރު12އިން ކަމަށް ވެސް އެމްޓީސީން ބުނެފައި ވެއެވެ.

މާލޭގައި ޑިއުޓީ އުސޫލުން ވަޒީފާ އަދާކުރާ ބައެއް މުވައްޒަފުން ވަރަށް ހެނދުނާ ޑިއުޓީތަކަށް ދެއެެވެ. އެމްޓީސީސީގެ އެ ނިންމުމާއެކު އެފަދަ މުވައްޒަފުންނަށް ބޮޑު ލުޔެއް ލިބިގެން ދާނެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް