ރިޕޯޓް

އިހުމާލުގެ އިތުރު މަރެއް, ހިތްދަތިކަން އިތުރު އާއިލާއަކަށް, ހޭލާނީ ކޮން ދުވަހަކުން!

  • "ޑިއުޓީގައި ވެސް އެއީ ހަމަ ސަތޭކަ"
  • ސަމާހުގެ އުފާވެރިކަން ދުވުމާ ގުޅިފައި
  • ޑިސެންބަރުގައި ކައިވެނި ކުރަން އޮތީ ރާވާފައި
ޢާއިޝަތު ނުހާ ، ދެން އޮންލައިން
ރޭސް ކާރަކުން ޖެހި ހިނގި އެކްސިޑެންޓުގައި ނިޔާވި ހަސަން ސަމާހު

"ޑިއުޓީގައި ވެސް އެހެން މީހުންގެ މަސައްކަތް ކޮށްދޭނެ, ރެސްޓް ދީފައި" ހަސަން ސަމާހު ވަރަށް ކުރުކޮށް ކިޔައިދޭން އެދުމުން އޭނާއާ އެކު މަސައްކަތް ކުރާ ވަރަށް ގާތް ރަހުމަތްތެރިއަކު ބުންޏެވެ.

Ads by Sosun Fihaara

ހުޅުމާލޭގައި ރޭ މެންދަމު 2:30 ހާއިރު ހިނގި އެކްސިޑެންޓްގައި ލ. އިސްދޫ އުމުރުން 23 އަހަރުގެ ސަމާހު މަރުވީ އޭނާއަށް ލިބުނު ސީރިއަސް އަނިޔާތަކަކަށް ހުޅުމާލެ ހޮސްޕިޓްގައި ފަރުވާދޭން ފެށިތާ މާ ގިނައިރެއް ނުވެއެވެ. އެ އެކްސިޑެންޓް ހިނގައިފައި ވަނީ އިތުރު މީހަކު ގޮވައިގެން ސަމާހު، ސްކޫޕީ ސައިކަލެއްގައި ދުއްވާފައި ދަނިކޮށް ބާރު ސްޕީޑްގައި ދުއްވާފައި އައި ރޭސްކާރެއްގައި ޖެހި އެވެ.

ސަމާހުއަކީ ދުވުމަށް ޝައުގުވެރިކަން ހުންނަ މީހެކެވެ. އޭނާގެ އުފާވެރިކަމާ ގުޅިފައިވާ ވަނީ ދުވުމެވެ. ދުވުމަށް ހުންނަ ޝައުގުވެރިކަމާ އެކު ރާއްޖޭގައި ބާއްވާ އެކިއެކި ދުވުމުގައި ދުވެ, ކާމިޔާބު ހޯދައިފައިވެއެވެ.

ތިން ވަގުތަކަށް ބަހައިލައިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ރޭ މެންދަރު 2:45 ގައި ފެށުމަށް ތައްޔާރުވަމުންދިޔަ "އެމްއައިބީ ބޮޑު 5 ބައި ޓީއެފްޖީ"އަށް ސަމާހު އިންތިޒާރު ކުރާތާ ދުވަސްތަކެއް ވެއްޖެއެވެ. އެހެންނަމަވެސް އެ ތަނަށް ދިއުމަށް ފެށި ދަތުރު ނިމިގެން ދިޔައީ ހީވެސް ނުކުރާ ކަހަލަ ގޮތަކަށެވެ.

ރައްޓެހިންގެ ދުލުން ސަމާހު

ކަރެކްޝަންސް އޮފިސަރެއްގެ ގޮތުގައި މޯލްޑިވްސް ކަރެކްޝަނަލްސް ސާވިސްގައި ސަމާހު މަސައްކަތް ކުރަން ފެށީ ޖެނުއަރީ 2021 ގައެވެ. މިހާރު އޭނާއަކީ ލާންސް ކޯޕްރަލް ޕްރިޒަން އޮފިސަރެކެވެ. ކަރެކްޝަންސްގެ ޓްރައިނިން ޕްރޮގްރާމްގެ ފިޒިކަލް ޓެސްޓް ހެދިއިރު ވެސް ދުވުމުގެ ބައި އެންމެ ފުރަތަމަ ނިންމީ ސަމާހެވެ.

ސަމާހު ބައިވެރިވި ޓްރޭނިންއެއް ފެށުމުގެ ރަސްމިއްޔާތު/ ފޮޓޯ: ކްރެކްޝަނަލް ސާވިސް

ސަމާހުގެ މަރުގެ ހަބަރު އިވުމާ އެކު ކަރެކްޝަންސް ވާހަކައެއް އަޑު އިވޭއިރަށް އާދައިގެ މަތިން އަހަރެން ގުޅާ އެކުވެރިޔާއަށް ގުޅައިލީމެވެ. ފޯނު ނެގުމާ އެކު ބަހެއް ނުބުނަނީސް އިވުނީ އޭނާގެ ރުއިމުގެ އަޑެވެ. ދެ ފަހަރަކު ގޮވާލުމުން ސުވާލު ނުކުރަނީސް ފެށީ ސަމާހުގެ ވާހަކައެވެ. ހެޔޮ ވާހަކައެވެ. ކޮންމެ ކަމެއްގައި ވެސް ސަމާހު ވީ އެހީއެވެ.

"ސަމާހްއަކީ ހަމަ އެންމެ ބެސްޓް. ކަމެއް ބޭނުންވިޔަސް ކަމަކާ ބޯ ހާސްވެގެން ވާހަކަ ދައްކާލަން ވެސް އެއީ. ހީ ވިލް ބީ ދެއާ އަބަދުވެސް."

ސަމާހުއާ އެއް ޝިފްޓެއްގައި މަސައްކަތް ކުރަމުން ދިޔަ އޭނާގެ ވަރަށް ގާތް އެހެން ރައްޓެއްސަކު ވެސް "ދެން" އާ ވާހަކަ ދައްކަމުން ބުނީ އޭނައަކީ އެންމެންނާ ވެސް ގުޅޭ މީހުންނަށް ވަރަށް ހެޔޮ މީހެއް ކަމަށެވެ.

"ޑިއުޓީގައި ވެސް އެއީ ހަމަ ސަތޭކަ"

ސަމާހުގެ އުފާވެރިކަން ދުވުމާ ގުޅިފައި

މާފުށީ ޖަލުގައި މަސައްކަތް ކުރަމުންދާއިރު އިރުއޮއްސުމަށް ފަހު ޑިއުޓީ ކުރަން ނުޖެހޭ ކޮންމެ ދުވަހަކު ވެސް ސަމާހު ދުވަން ދެއެވެ. މެރަތަންތަކުގައި ބައިވެރިވުމަށް އޭނާ ދޭ އަހަންމިއްޔަތުކަން އެކުވެރިޔާ ވެސް ފާހަގަކުރިއެވެ.

އޭނާ ބުނީ ސަމާހު އެންމެ ފަހުން ވެސް ދެެއްކީ ދުވުމުގެ ވާހަކަ ކަމަށާއި މި އަހަރު އިތުރު ތިން މެރަތަންއެއް އޮތް ވާހަކަ ވެސް ބުނި ކަމަށެވެ. އަދި ލ. އަތޮޅުގައި އޮންނަ މެރަތަންއެއްގައި ބައިވެރިވުމަށް ދާ ވާހަކަ ވެސް ސަމާހު ދެއްކި ކަމަށް ވެސް އޭނާ ބުންޏެވެ.

"މި ދުވަސް ކޮޅު ދިމާވިޔަސް އޭނާގެ މެއިން ވާހަކައަކަށް އޮންނާނީ ދުވާ ވާހަކަ"

އާންމުކޮށް ހާފް މެރަތަންތަކުގައި ދުވަމުން ދިޔަ ސަމާހު މި އަހަރު ފުލް މެރަތަންއެއްގައި ދުވަން ތައްޔާރުވަމުން އަންނަ ކަމަށް އޭނާއާ ހަވާލާދީ އެކުވެރިއަކު ބުންޏެވެ.

ސަމާހު މަރުވީ ޗުއްޓީގައި ހުއްޓައެވެ. ޗުއްޓީ ނިންމުމަށް ފަހު އެކުވެރިންނާ ބައްދަލުވުމަށް އެތައް ޕްލޭނެއް ހަދައިފައިވަނިކޮށެވެ. ކުރިއަށް އޮތް މެރަތަންތަކަށް ތައްޔާރުވަމުންދަނިކޮށެވެ. ޒަވާޖީ ހަޔާތަށް އެތައް ހުވަފެންތަކެއް ދެކެމުން ދަނިކޮށެވެ. އިހުމާލުން ސަމާހު ނިޔާވިއިރު އޭނާ އައީ މި އަހަރުގެ ޑިސެންބަރު މަހު ޒަވާޖީ ހަޔާތެއް ފެށުމަށް ގިނަ ތައްޔާރީތައް ވަމުންނެވެ.

އެކްސިޑެންޓްވީ ރޭސްކާރު ދުއްވަން އިން އައްޑޫ ސިޓީ ހިތަދޫ ވައިލެޓްފެހި، އުމުރުން 26 އަހަރުގެ މުހައްމަދު ވިސާމް ސިއްދީގު ވަނީ ހައްޔަރުކޮށްފައެވެ. މީހެއްގެ ފުރާނަ ދިޔަ އެ އެކްސިޑެންޓްގައި ރޭސްކާރު ދުއްވަން އިން ވިސަމްގެ ލައިސަންސް ނެތް ކަން އެނގިފައިވެއެވެ.

މާލޭގައި އެކްސިޑެންޓްތައް ދުވަހެއް ދުވަހަށް އިތުރުވަމުންދާއިރު ރޭސްކާރުގެ ނުރައްކާ އެކްސިޑެންޓެއް މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ވެސް ހިނގައިފައިވެއެވެ. ފޭސް 2ގައި ހިނގި އެ އެކްސިޑެންޓަކީ ދުއްވައިފައި އައި ރޭސް ކާރެއް ކޮންޓްރޯލް ނުވެ ސައިކަލުގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހި ހިނގި އެކްސިޑެންޓެކެވެ.

މި ފަދަ އެކްސިޑެންޓްތަކާއި އޭގެ ސަބަބުން ހިތާމައާއި ވޭން އަޅަން ޖެހޭ އާއިލާއެއް އަނެއްކާ ވެސް އިތުރުވީއެވެ. ދިވެހި ގައުމަށް ހިދުމަތްތެރި، އާއިލާއާއި ރަހުމަތްތެރިންނަށް އޯގާތެރި މިތުރަކު ވަކިވެދިޔައީއެވެ. ފިޔަވަޅު އަޅައި މި ފަދަ ހިތާމަވެރި ހާދިސާތައް ހުއްޓޭނީ ކުއްލި މަރުތަކުގެ ލިސްޓަށް ކިތައްކިތައް ނަމެއް އިތުރުވެގެން ބާވައެވެ. އަމިއްލަ ހިތްހަމަޖެހުމަށްޓަކައި އަނެކާގެ ހިތްހަމަޖެހުމާއި އުފާވެރިކަމުގެ އިން ހުރަސްނުކުރުމުގެ ފަރުދީ ޒިންމާ އަދާކުރުމުގެ ވިސްނުން އިސްވާނީ ކޮން ދުވަހަކުން ބާވަ އވެެ.

Ads by Allied Insurance
  1. ައަހުމަދު

    ރާއްޖޭގަ އެކްސިޑިންޓުވެގެން ކިތަންމެ ބަޔަކު މަރުވިޔަސް ކުރެވޭނެ ކަމެއް ނެތް. އެކްސިޑެންޓު ކުރާ ކާރުތައް ދުއްވަނީ މާ ބާރުގަދަ ބަޔެއް. އެހެންވީމަ ބުރިޖްމަތީގަ ހުންނަ ކެމެރާތައް ވެސް އަބަދު ހަލާކުވެފަ އެހުންނަނީ. މިމީހުންގެ ސަރިޔަތެއް ވެސް ނުހިނގާނެ. މައްސަލަތައް ހުންނާނީ ދާއިމީކޮށް ކޯޓުގަ ހުއްޓިފަ. އެމީހެއްްގެ މައްސަލަ އެމީހަކު އަމިއްލައަށް ނިންމާންޖެހިފަ މިހާރު މި އޮތީ.