ޑޮލަރު ވިއްކުމުގެ ސްކޭމްތައް ކުރިއަށް ގެންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ޑޮލަރު ވިއްކުމުގެ ސްކޭމްތައް ކުރިއަށް ގެންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ޑޮލަރު ވިއްކާ ކަމަށް ބުނެ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ އަތުލުމުގެ އަމަލުތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްކުރުމުގައި އިތުބާރުހުރި ގާނޫނީ ގޮތުން ހުއްދަ ލިބިފައިވާ ފަރާތްތަކާއި މުއާމަލާތްކުރުމަކީ މިފަދަ ސްކޭމްތަކުގެ ޝިކާރައަށް ވުމުން ސަލާމަތްކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.
ކަޅުބާޒާރުގައި އެކި ޕްލެޓްފޯމްތަކުގައި ޑޮލަރު ވިއްކާ ހަދައެވެ. އޭގެ ތެރޭގައި ޓެލެގްރާމް، ފޭސްބުކް، ވައިބާ ފަދަ ކޮމިއުނިޓީތައް ހިމެނެ އެވެ
އަދި ބޮޑެތި އަދަދުތަކުން ރުފިޔާ ނަގައި ޑޮލަރު ނުދިނުމާއި ފޭކް ޑޮލަރު ދިނުން ފަދަ ކަންކަން ވެސް ފެންމަތިވެފައި ވެއެވެ.
އަދި އެފަދަ މައްސަލަތަކުގައި ބައެއް މީހުންނަށް މީގެ ކުރިން ދައުވާވެސް ކޮށްފައި ވެއެވެ.