މައްސަލައަކީ ސްޕޯޓްސް ކާރެއް ނޫން، މަގުމަތީ ބިރެއް ނެތި ދުއްވުން: ޑްރިފްޓް އެސޯސިއޭޝަން
މައްސަލައަކީ ސްޕޯޓްސް ކާރުތަކެއް ނޫން ކަމަށާއި ކުށްކުރާ މީހުން ކަމަށް ޑްރިފްޓް އެސޯސިއޭޝަންއިން ބުނެފި އެވެ.
ރޭ މެންދަމު 2:30 ހާއިރު، ސެންޓްރަލް ޕާކު ކައިރިން ބާރު ސްޕީޑުގައި ދުއްވި ސްޕޯޓްސް ކާރަކާއި ސައިކަލެއް އެކްސިޑެންްވެ ލ. އިސްދޫއަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ހަސަން ސަމާހު ވަނީ ނިޔާވެފަ އެވެ.
އެ ހާދިސާގައި ސަމާހުގެ ބޮލަށާއި މޫނަށް އަނިޔާވިއިރު، ގިނަ އަދަދަކަށް ލޭ ވެސް ހަށިގަނޑުން ބޭރުވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. މަރުވީ އޭނާއަށް ލިބުނު އަނިޔާތަކަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދޭން ފެށިތާ މާ ގިނައިރުތަކެއް ނުވަނީހެވެ. އެ މައްސަލަގައި ސްޕޯޓްސް ކާރުގެ ޑްރައިވަރު މިހާރު ހުރީ ހައްޔަރުކޮށްފަ އެވެ.
މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ވެސް ހުޅުމާލޭގައި އެފަދަ ނުރައްކާތެރި ހާދިސާއެއް ހިނގި އެވެ. އެފަހަރު ރޭސް ކާރަކުން ޖެހުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ފްލެޓް ކައިރީގައި ސައިކަލެއްގައި މަޑުކޮށްލައިގެން އިން މީހެއްގެ ގައިގަ އެވެ. އޭނާއަށް ބޮޑެތި އަނިޔާތައް ލިބުނު އިރު އެ ކާރު ދުއްވި މީހާ މިހާރު ހުރީ ހައްޔަރުގަ އެވެ.
ފުލުފުލުގައި އެފަދަ ހާދިސާތައް ހިނގަމުންދާ ސްޕޯޓްސް ކާރުތަކާމެދު އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން ނެވެ.
އެކަމާ ގުޅިގެން ޑްރިފްޓިން އެސޯސިއޭޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ނުބަލައި ކާރާއި ސައިކަލު ދުއްވުމަކީ އެ އެސޯސިއޭޝަނުން ކުށްވެރިކުރާ ކަމެއް ކަމަށެވެ. އަދި ގާނޫނީ ގޮތުން އެފަދަ މައްސަލަތަކުގައި ހަރުކަށި ފިޔަވަޅު އެޅުމަށް ވެސް ގޮވާލައިފައި ވެއެވެ.
އެހެން ނަމަވެސް އެފަދަ މައްސަލަތަކުގައި ސްޕޯޓްސް ކާރުތައް ބަދުނާމު ކުރާކަން ފާހަގަކުރެވިފައިވާ ކަމަށާއި ނަމަވެސް މައްސަލައަކީ ވެހިކަލްތައް ނޫން ކަމަށާއި ކުށްކުރާ ފަރާތްތައް ކަމަށް ބުނެފައިވެ އެވެ. އަދި އެފަދަ ފަރާތްތަކަށް އަދަބުނުދީ ދޫވެގެން މުޖުތަމައުތައް ދޫވެގެންދާ ކަމަށްވެސް ބުނެފައިވެ އެވެ.
"މިހެންކަމުން ކަމާބެހޭ ފަރާތްތަކަށް އަޅުގަނޑުމެން ގޮވާލަނީ ވީހާވެސް ހަރުކަށި ފިޔަވަޅުތައް ކުށްކުރާ މީހުންނަށް އެޅި މުޖުތަމައުގެ ތެރެއަށް އަނބުރާ ދޫކޮށްލުމުގެ ކުރިން އެ މީހުންނަކީ މުޖުތަމައުގައި އުޅެން އެކަށީގެންވާ ބައެއް ކަމުގައި ޔަގީންކުރުމެވެ" ޑްރިފްޓް އެސޯސިއޭޝަނުން މިއަދު ނެރުނު ބަޔާނުގައި ބުންޏެވެ.
މޮޅުވާހަކަނުދައްކާ ކޮން ޑުރިފްޓެއް ކިޔާކަށް
ކިލޯމީޓަރެއް ހަމަނުވާ ތަނެއްގަ، ފުރިބާރުވެގެން އިތުރަށް ރަޖިސްޓްރީކުރުން ހުއްޓާލާފަ ހުރިއިރު މިނެޓަކު ތިންސަތޭކަ ކިލޯމީޓަރަށް ސުޕީޑް ނެގޭވަރު އެއްޗެހި އެތެރެކުރީމަ ވާގޮތް މިފެންނަނީ..
ބުރޯ މަނުދެކެން އެހާ ބާރައް ދުވާ ކާރެއް ރާޖެޔަކުން
ތިޔަ ކާރު ތަކަށް ފިޔަވަޅެއް ނޭޅޭނެއެވެ. ވީމާ، ހުޅުމާލޭގައި އުޅޭ އެހެން މީހުނަށް ރޭގަޑު ވަކި ގަޑިއެއްގެ ފަހުން ގެއިން ނުނިކުމެ ތިބެން އިއުލާނު ކުރާށެވެ.
އެތާއުޅެނީ ހުސް ކުއްކުރާ، ފުލުހުންގެ އަމުރައް ނުކިޔަމަންތެރިވާ މީހުން. ތިއެސޯސިއެސަން އަކަށް އެމީހުންއެއް ކޮންޓުރޯލްއެއް ނުވެ.