އިކްރާމް އެއް މަހަށް ބަންދުކޮށްފި

މިދިޔަ ޖުލައި ޖުލައި މަހު ހުޅުމާލޭގައި ބާރަށް ކާރެއް ދުއްވައިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ކާރު ދުއްވަން އިން އިބްރާހިމް އިކްރާމް އެއް މަސް ދުވަހަށް ބަންދުކޮށްފި އެވެ.
މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު އެ އެކްސިޑެންޓް ހިނގީ ރޭސިން ކާރު ކޮންޓްރޯލުން ނައްޓައިގެން ގޮސް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ފްލެޓް ކައިރީގައި ސައިކަލެއްގައި މަޑުކޮށްލައިގެން އިން މީހެއްގެ ގައިގައި ޖެހިގެން ނެެވެ، އެ ހާދިސާގައި އޭނާއަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
އެ މައްސަލައިގައި އިކްރާމްއާއެކު އިތުރު ދެ މީހަކު ހައްޔަރުކުރި އެވެ. އެހެން ނަމަވެސް ކްރިމިނަލް ކޯޓުން އިކްރާމްގެ ބަންދާމެދު އިސްތިއުނާފް ކުރުމުން ވަކީލަކު ހަމަޖެއްސުމާ ގުޅޭ ގޮތުން އަމަލުކޮށްފައި ވަނީ ރަނގަޅަށް ނޫން ކަމަށް ބުނެ ކޯޓުން މި މަހު ދޫކޮށްލި އެވެ.
އޭނާ ދޫކޮށްލުމުން ފާޑުކިއުންތައް އަމާޒުވެފައި ވަނިކޮށް އަލުން ހައްޔަރުކޮށް ތިން ދުވަސް ބަންދުގެ މުއްދަތު ޖިހިއިރު އެ މުއްދަތު މިއަދު ހަމަވާނެ އެވެ.
އެހެންވެ އެ މައްސަލައާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އަލުން އޭނާގެ ބަންދަށް ވަނީ 30 ދުވަސް ވަނީ ޖަހައިދީފަ އެވެ.