ފިޔަވަތީގައި ކުޑަ ފިިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ތެރެއިން ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ތިބޭ ކުދިންގެ ތެރެއިން 12 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
އެކަމާ ގުޅޭ ގޮތުން ފުލުހުންގެ މީޑީއާ ގްރޫޕްގައި ސުވާލުކުރުމުން ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
ރާއްޖޭގެ ގާނޫނުގެ ދަށުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެކެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަަލަތައް ރާއްޖޭގައި އިތުރުކަން ވެސް ވަރަށް ބޮޑަށް ފާހަގަކޮށްލެވެ އެވެ.
Ads by Allied Insurance