ޚަބަރު

ލަމްއާންގެ ވަރުގަދަ ރައްދެއް: ވެރިކަމަށް ނާދެވުނު މީހުން ވެރިކަމާ ތޮޅެން ހިތަށްވެސް ނާރުވާތި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ލަމްއާން ރައީސް މުއިއްޒުއާއެކު----

ވެރިކަމަށް ނާދެވުނު މީހުން ވެރިކަމާ ތޮޅެން ހިތަށްވެސް ނޭރުވުމަށް ވިދާޅުވެ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

Ads by STELCO

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވި ލަމްއާން މިއަދު މެންދުރު އެކްސްގައި ވިދާޅުވީ ވެެރިކަން ބޭނުންވެ އެވެރިކަން ބީވެ އެބޭނުންވި ވެރިކަމަށް ނާދެވުނު ދެތިންމީހަކުވެގެން މި ގައުމީ ވެރިކަމާ ތޮޅެން ހިތައްވެސް އެރުވުން އެއީ މޮޔަކަމެއް ކަމަށެވެ.

އަދި އެއީ ބޮޑެތި ގައްދާރުންގެ ސިފައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލަމްއާން ވިދާޅުވީ މިރާއްޖޭގައި ފެށިގެން ކުރިއަަށް މިހާރު މިދަނީ ރައްޔިތުންގެ ވެރިކަމެއް ކަމަށެވެ.

"އެހެންވީމާ ތިޔަ ކުރަންއުޅޭ ނާތަހުޒީބު އަމިއްލަ އެދުމުން ފުރިފައިވާ ނުބައިރޭވުންތަކާ ފަތުރަމުންދާ ފިތުނަތައް ހުއްޓާލުމަށް ނަސޭހަތްތެރިވަން. الله ގެ ހެޔޮރަޙްމަތާއެކު ރައީސް ޑރ. މުއިއްޒުގެ ވެރިކަން ދާނީ ރައްޔިތުންނާއެކު އުޖާލާކަމާ އުފާވެރިކަމުގެ ދިވެހީންގެ ފަހުރުވެރި ރާއްޖެއަކަށް" އޭނާ ވިދާޅުވި އެވެ.

ލަމްއާންގެ ވާހަކަތައް ބޮޑަށް އަމާޒުކޮށްފައިވަނީ ރައީސް ޔާމީންއަށް ކަަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. އެއީ ކުރީގެ ރައީސުންގެ ތެރެއިން  މިހާރު ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔަމުންދާ ރައީސްއަކީ ވެސް ޔާމީން ކަމަށްވާތީ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްރާހިމް މުހައްމަދު ސޯލިހު މި ސަރުކާރާ ގުޅޭގޮތުން މާބޮޑަށް ފާޑު ވިދާޅެއެއް ނުހައްދަވަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!