ދިޕިކާ ވިހައިފި, ލިބުނީ އަންހެން ކުއްޖެއް

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދިޕިކާ ޕަދުކޯންއާއި އެކްޓަރު ރަންވީރު ސިންގް އެމީހުންގެ އަލަތު ދަރިފުޅަށް މަރުހަބާ ކިޔައިފި އެވެ.
އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ދިޕިކާ ވިހެއީ މީގެ ކުޑަ އިރުކޮޅެއް ކުރިންނެވެ. އޭނާއަށް ލިބުނީ އަންހެން ކުއްޖެއް ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.
އިންޑިއާގެ މުމްބާއީގައި ހުންނަ އެޗްއެން ރިލަޔަންސް ހޮސްޕިޓަލުގައި ދިޕިކާ އެޑްމިޓުވީ އިއްޔެގެ ވަގުތެއްގަ އެވެ. ދެމަފިރިންވެސް މިވަގުތު ތިބީ މަސައްކަތްތަކާއި ދުރުގައި ދަރިފުޅަށް މަރުހަބާ ކިޔާށެވެ.
ދިޕިކާ ވިހެއި އިރު އޭނާގެ ބަނޑަށް ދުވަސް ނުފުރެ އެވެ. ވިހާނެކަމަށް ލަފާކޮށް ޑޮކްޓަރު ދިން ތާރީހަކީ މިމަހުގެ 28 އެވެ. އެއީ ދިޕިކާގެ ކުރީގެ ލޯބިވެރިޔާ ރަންބީރު ކަޕޫރުގެ އުފަން ދުވަސްވެސް މެއެވެ.
ރަންވީރުގެ ދެމަފިރިންގެ އަލަތު ކައިވެންޏަށް އަލަތު ދަރިއަކު ލިބުނުއިރު މި ދެތަރިން ކައިވެނި ކުރީ 2018 ވަނަ އަހަރެވެ. ކައިވެނި ކުރީ އޭގެ ކުރިން 5 އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު އެވެ. އެމީހުން އެންގޭޖު ކުރީ 2015 ވަނަ އަހަރު ރާއްޖޭގެ ޕްރައިވެޓް ރަށެއްގަ އެވެ.