ބުރިޖުގައި މާގަސްތަކެއް އުފުލި މީހަކަށް ފުލުހުން ފިޔަވަޅު އަޅައިފި

ސިނަމާލެ ބުރިޖާއި ހައިވޭ ހުރަސްކޮށް ސައިކަލުގައި މާގަސްތަކެއް އުފުލި މީހަކަށް ފިޔަވަޅު އަޅައިފި އެވެ.
ފުލުހުން ބުނީ ގަވައިދާ ހިލަފަށް މުދާ އުފުލުމުން, ފިޔަވަޅު އެޅީ ދިވެހި ފިރިހެނެއް ކަމަށެވެ. އެ ގޮތުން އޭނާ 750 ރުފިޔާއިން ޖޫރިމަނާކުރި ކަމަށް ފުލުހުން ބުނެ އެވެ.
"މިފަދަ އަމަލުތަކަކީ ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެދާނެ ކަންކަން ކަމުގައިވާތީ، މިފަދަ އަމަލުަތަކުން ދުރުހެލިވުމަށް އެންމެހައި ފަރާތްތަކަށް ހަނދާން ކޮށްދެން." ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައި ވެއެވެ.
މީގެ ކުރިން ވެސް ނުރައްކާ ވެދާނެ ފަދަ ގޮތްގޮތަށް ބުރިޖުގައި މުދާ އުފުލުމުގެ މައްސަލަަތައް ފެންމަތިވެފައި ވެެއެވެ.