ޚަބަރު

އެކްސްޕެޓް ސިސްޓަމްގެ "ރެޕްރެޒެންޓޭޓިވް" އާ ގުޅޭ ފޯމަށް ބަދަލު ގެނެސްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ބިދޭސީން ގާނޫނުގެ ތެރެއަށް ވެއްދުމަށް ރައީސް ޞާލިހުގެ ސަރުކާރުން ގަލުޅު ދަނޑުގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ބޭނުންވާ ހުއްދަތައް ދޫކުރުމާއި އެހެނިހެން ކަންކަމަށް ބޭނުންކުރާ އެކްސްޕެޓް ސިސްޓަމްގެ "ރެޕްރެޒެންޓޭޓިވް" އާ ގުޅޭ ފޯމަަށް ބަދަލު ގެނެސްފި އެވެ.

Ads by STELCO

ހޯމް މިނިސްޓްރީން  މިރޭ ކުރި ގެޒެޓުގައި ޝާއިއުކުރި އިއުލާނެއްގައި ބުނީ އެ ބަދަލުތައް ގެނައީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ބޭނުންވާ ހުއްދަތައް ދޫކުރުމާއި އެ ބިދޭސީންގެ ކަންކަން ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ގާއިމްކުރުމަށް  މިނިސްޓްރީއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.

އެގޮތުން އެގޮތުން އެކްސްޕެޓް ސިސްޓަމްގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުން، އެ ފަރާތުގެ ނަމުގައި އެކްސްޕެޓް ސިސްޓަމުގައި މުޢާމަލާތްކުރުމަށް "ރެޕްރެޒެންޓޭޓިވް" އެއް އައްޔަނު ކުރުމަށް ނުވަތަ ވަކިކުރުމަށް އެދި ހުށަހަޅާ ފޯމުތަކަށް މިހާރު ބަދަލުގެނެސްފައިވާ ކަމަށް  މިނިސްޓްރީން ބުނެއެވެ.

އެހެންވެ މި މަހުގެ 16 އިން ފެށިގެން އެކްސްޕެޓް ސިސްޓަމްގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުން، އެ ފަރާތުގެ ނަމުގައި އެކްސްޕެޓް ސިސްޓަމުގައި މުޢާމަލާތްކުރުމަށް "ރެޕްރެޒެންޓޭޓިވް" އެއް އައްޔަނު ކުރުމަށް ނުވަތަ ވަކިކުރުމަށް އެދި ހުށަހަޅަންވާނީ ބަދަލުގެނެވިފައިވާ ފޯމު ފުރިހަމަ ކުރުމަށްފަހުގައި ކަމަށް ވަނީ ބުނެފަ އެވެ.

"މިފޯމުތައް ހުށަހަޅާނީ: (1) ގަވާއިދު ނަންބަރު 2019/R-1066 (ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދު) ގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޕަބްލިކް ނޯޓަރީއަކުން ނޯޓަރައިޒް ކޮށް؛ ނުވަތަ (2) ސިވިލް ކޯޓު ނުވަތަ މެޖިސްޓްރޭޓް ކޯޓުގައި ރަޖިސްޓަރީކުރުމަށްފަހުއެވެ. މި ފޯމުތައް ޕަބްލިކް ނޯޓަރީއަކުން ނޯޓަރައިޒްކޮށްފިނަމަ، ނޯޓަރައިޒްކޮށްދިންކަމުގެ ސެޓުފިކެޓު ހުށަހަޅަންވާނެއެވެ." މިނިސްޓްރީން މިއަދު ހަވީރު ގެޒެޓުގައ ޝާއިއުކުރި އިއުލާންގައި ބުނެފައި ވެއެވެ.

Ads by Ooredoo
  1. ނޮޓްޔޫ

    މާލެ ސަރަހައްދުގައި އެކްސިޑެންޓް ހިނގަނީ އެމެރިކާ ގައި ސްކޫލް ތަކަށް ޕާރޓޭން ވަދެ ކޮންމެ ދުވަހަކު ހަމަލާދީ އެތައް ބަޔަކު މަރަމުންދާ ގޮތަށޭ ހަމަ އެގޮތޭ މިސަރުކާރަށް ވެސް މިވަނީ މުއިއްޒުގެ ސަރުކާރު މިވަނީ ފިރިހެންވަންތަ ވެރިކަމެއް ކުރުމުގައި ފެއިލް ވެފައި އިޓްސް ހާރޑް ޓު ސޭ އިޓްސް ގޮނާ ބީ ރިޒޯލްވްޑް ސޫނާ އޯރ ލޭޓަރ މިވެރިކަން ދޭމޭޑް މައިވޯލްޑް ސޯ ޓެރިބްލް މިވެރިކަމުގައި އެއްވެސް ބަރަކާތެއް ހުރިކަމަށް މަމެންނަށް ގަބޫލުކުރަން ދަތިއޭ އިޓްސް ނޮޓް ޔޫ