ޚަބަރު

ގަވައިދާ ހިލާފަށް ގެއެއްގައި އޭސީ މަރާމާތުކުރާ ވޯކްޝޮޕެއް ހިންގަނިކޮށް ހުއްޓުވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ގަވައިދާ ހިލާފަށް ގެއެއްގައި ހިންގި އޭސީ މަރާމާތުކުރާ ވޯލްޝޮޕް---

ގަވައިދާ ހިލާފަށް ގެއެއްގައި އޭސީ މަރާމާތުކުރާ ވޯކްޝޮޕެއް ހިންގަނިކޮށް ހުއްޓުވައިފި އެވެ.

Ads by STELCO

މާލޭ ސިޓީ ކައުންސިލްއިން ބުނީ އެ ތަން އޮޕަރޭޓް ކުރަމުން ދިޔައީ މާފަންނުގައި ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލު "ދެން"އަށް ވިދާޅުވީ އެ ވޯކް ޝޮޕް ހިންގަމުން ދިޔައީ މީހުން ދިރިއުޅެމުން ދިޔަ ގެއެއްގެ އެއް ކޮޓަރީގައި ކަމަށެވެ.

އަދި އެކަން މާލޭ ސިޓީ ކައުންސިލްގެ ސަމާލުކަމަށް އައީ ވިއްސާރައިގައި މި ފަހުން ގެއްލުން ލިބުނު ތަންތަން ބަލަން ދިއުމުގެ ތެރޭގައި ކަމަށެވެ.

އެހެންވެ އެ ވޯކްޝޮޕް ހިންގާ އެނގުމާއެކު ޖޫރިމަނާކޮށް އެ ތަން ހިންގުން ހުއްޓުވާފައިވާ ކަމަށް މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

އެ ތަނުގައި މަސައްކަތް ކުރަން ތިބީ ބިދޭސީން ކަމަށާއި އަދި އެއީ ގަވައިދާ އެއްގޮތަށް އުޅޭ ބައެއްތޯ ބަލަން އިމިގްރޭޝަނަށް ވެސް މައްސަލަ ރިޕޯޓްކޮށްފައިވާ ކަަމަށްވެސް އޭނާ ވިދާޅުވިއ ެވެ.

މާލޭގައި ބިދޭސީން ގަވައިދާ ހިލާފަށް ވިޔަފާރިތައް ހިންގާ މަައްސަލަ ބޮޑެވެ. އެކަން ހުއްޓުވަން އިމިގްރޭޝަނާއި ފުލުހުން މިހާރު ގަވައިދުން ދަނީ ރެއިޑްވެސް ޖައްސަމުން ނެވެ.

Ads by Allied Insurance
  1. ލިފްޓްމީއަޕް

    ހަނދާނަށް އަންނަނީ އަދު ރައީސް ޔާމީން ވެރިކަމުގައި ހުރިނަމަ މާލެ ސަރަހައްދުގައި އެކްސިޑެންޓް ނުހިނގާނެ ކަމަށޭ ރާއްޖޭގައި ހުރި މުވައްސަސާ ތަކުގެ ބޮޑުންނަށް ކުފޫ ހަމަނުވާ މީޙުން ލުމާއި ވަޒީރުން އަޑުއެހުމުން ވައްކަންކޮށްގެން ވުޒާރާ ތައް ހިންގަން ފެށުމުން މުޅި ގައުމު މިވަނީ އަދު ފެއިލްވެފައޭ ދެން މިގައުމު ސަލާމަތުގެ އައްސޭރިއަށް ގެންދާން މަތީ ފަށަލަ ފިސާރި ބުންވަރު އަދި ފަންވަރު ހުރި ފިރިހެންވަންތަ ފަށަލައަކަށް ބަދަލު ކުރަން ޖެހޭކަމޭ އޫމް އޫމް އޫމް ލިފްޓް މީ އަޕް ހޯލްޑް މީ ޑައުން ކީޕް މީ ކްލޯސްޑް ސޭފް އެން ސައުންޑް ބާރނިންގް އިން އަ ހޯޕްލެސް ޑްރީމް…