ޚަބަރު

ދަތުރުވެރިންގެ މާރުކޭޓް ކުރިމަތީގައި މުދާ ބަހައްޓައިގެން ވިއްކަމުން ދަނިކޮށް ހުއްޓުވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ދަތުރުވެރިންގެ މާރުކޭޓް ކުރިމަތީ ގަވައިދާ ހިލާފަށް މުދާ ބަހައްޓައިގެން ވިއްކަނީ--

ބޮޑުތަކުރުފާނު މަގު، ދަތުރުވެރިންގެ މާރުކޭޓް ކުރިމަތީ މުދާ ބަހައްޓައިގެން ވިއްކަމުން ދިޔަ ފަރާތެއް ހުއްޓުވައިފި އެވެ.

Ads by Hajj Corporation

މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލު "ދެން"އަށް ވިދާޅުވީ އެ ތަނުގައި އެއްޗެތި ބަހައްޓައިގެން މުދާ ވިއްކަމުން ދިޔައީ ދިވެއްސެއް ކަމަށެވެ.

އެހެން ނަމަވެސް އެއީ ގަވައިދާ ހިލާފަށް ކުރާ ކަމަކަށްވާތީ ޖޫރިމަނާކޮށް އެކަން ހުއްޓުވީ ކަމަށް ވެސް މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

މާލޭގައި އެކި ވައްކަންތައް ކޮށްގެން ހޯދައިފައި ހުންނަ ތަކެތި ދަތުރުވެރިންގެ މާރުކޭޓް ކުރިމަތީ ބަހައްޓައިގެން ވިއްކުމަކީ އާންމުކޮށް މިހާރު ހިނގަމުންދާ ކަމަށެވެ. އެކަން މާލޭ ސިޓީގެ މީޑިއާ އޮފިޝަލުވެސް ފާހަގަ ކުރެއްވި އެވެ.

އެތަނުގައި އެފަދަ ތަކެތި އާންމުކޮށް ހުންނަނީ އިންތިހާއަށް އަގުހެޔޮ ކޮށެވެ.

އެހެން ނަމަވެސް ފުލުހުން އެކަމާ މެދު މާބޮޑު ފިޔަވަޅެއް ނާޅަ އެވެ.

ނަމަވެސް ދޭތެރެ ދޭތެރެއިން ސިޓީ ކައުންސިލްއިން އެފަދަ ފަރާތްތައް ހުއްޓުވައި ފިޔަވަޅު އެޅިނަމަވެސް އަނެއްކާވެސް ހަމަ އެގޮތަށް އެކަން ކުރަމުންދާތަން ދަނީ ފެންނަމުން ނެވެ.

Ads by Allied Insurance
  1. ލިފްޓްމީއަޕް

    ހަނދާނަށް އަންނަނީ އަދު ރައީސް ޔާމީން ވެރިކަމުގައި ހުރިނަމަ މާލެ ސަރަހައްދުގައި އެކްސިޑެންޓް ނުހިނގާނެ ކަމަށޭ ރާއްޖޭގައި ހުރި މުވައްސަސާ ތަކުގެ ބޮޑުންނަށް ކުފޫ ހަމަނުވާ މީޙުން ލުމާއި ވަޒީރުން އަޑުއެހުމުން ވައްކަންކޮށްގެން ވުޒާރާ ތައް ހިންގަން ފެށުމުން މުޅި ގައުމު މިވަނީ އަދު ފެއިލްވެފައޭ ދެން މިގައުމު ސަލާމަތުގެ އައްސޭރިއަށް ގެންދާން މަތީ ފަށަލަ ފިސާރި ބުންވަރު އަދި ފަންވަރު ހުރި ފިރިހެންވަންތަ ފަށަލައަކަށް ބަދަލު ކުރަން ޖެހޭކަމޭ އޫމް އޫމް އޫމް ލިފްޓް މީ އަޕް ހޯލްޑް މީ ޑައުން ކީޕް މީ ކްލޯސްޑް ސޭފް އެން ސައުންޑް ބާރނިންގް އިން އަ ހޯޕްލެސް ޑްރީމް…