ޚަބަރު

ގައްދޫ އައިސް ޕްލާންޓުން އަލުން ހިދުމަތް ދޭން ފަށައިފި

ޢާއިޝަތު ނުހާ ، ދެން އޮންލައިން
މިފްކޯއިން ގައްދޫގައި ބެހެއްޓި އައިސް ޕްލާންޓް/ ފޮޓޯ: މިފްކޯ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ގދ. ގައްދޫ އައިސް ޕްލާންޓު އަޕްގްރޭޑްކޮށް އަލުން ހިދުމަތް ދޭން ފަށައިފި އެވެ.

Ads by Sosun Fihaara

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި މިފްކޯއިން ބުނީ ގައްދޫ އައިސްޕްލާންޓުން ދުވާލެއްގެ މައްޗަށް 50 ޓަނުގެ ފްލޭކްސް އައިސް އުފެއްދޭނެ ކަމަށެވެ.

ފްލޭކްސް އައިސް އުފައްދާ އެހެން އައިސް ޕްލާންޓުތަކާ ހިލާފަށް އަމިއްލައަށް އައިސް ނެގުމުގެ ބަދަލުގައި، އައިސް ބަކެޓަށް ޕްލާންޓުގެ އެހީގައި އައިސް އެޅިގެންދާނެކަން އެކުންފުނިން ފާހަގަކުރެ އެވެ.

އަދި އެކަމުގެ ސަބަބުން މަސްވެރީންނަށް ފަސޭހައިން އައިސް ލިބިގެންދާނެ ކަމަށްވެސް މިފްކޯއިން ބުންޏެވެ.

ގައްދޫ އައިސް ޕްލާންޓުގެ ކެޕޭސިޓީ 25 ޓަނުން 50 ޓަނަށް އަޕްގްރޭޑް ކުރިއިރު، މިފްކޯގެ ބެލުމުގެ ދަށުން އިތުރު 5 ރަށެއްގައި ދަނީ އައިސް ޕްލާންޓުތައް އޮޕަރޭޓް ކުރަމުންނެވެ.

މިފްކޯއިން މިވަގުތު ހިންގާ އައިސް ޕްލާންޓުތައް

1. ހޯރަފުށި - 25 ޓަން (ފްލޭކްސް)
2.މަޑުއްވަރި - 25 ޓަން (ފްލޭކްސް)
3. ގާފަރު - 25 ޓަން (ފްލޭކްސް)
4. ގައްދޫ - 50 ޓަން (ފްލޭކްސް)
5. ތިނަދޫ - 50 ޓަން (ބްލޮކް އައިސް)
6. ފުވައްމުލައް - 25 ޓަން (ފްލޭކްސް)

* ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް - 100 ޓަން (ބްލޮކް އައިސް)
* ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް - 80 ޓަން (ބްލޮކް އައިސް)
* އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް - 50 ޓަން (ފްލޭކްސް)

އޭގެ އިތުރުން ފެނަކައިގެ ބެލުމުގެ ދަށުން އޮޕަރޭޓް ކުރަމުން އަންނަ 18 އައިސް ޕްލާންޓާ ހަވާލުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!