ހުޅުމާލޭގައި ދެ ބަސް ޖެހި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލޭގައި އެމްޓީސީސީގެ ދެ ބަސް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.
ފޭސް ދޭއްގައި އެ އެކްސިޑެންޓް ހިނގީ މިއަދު ހަވީރު ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ބަސް އެކްސިޑެންޓެއް ހިނގިއިރު ގްރޭޓާ މާލޭ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންްތައް ހިނގަމުންދާތާ ހަފްތާއެއް މިހާރު ވަނީ ވެފަ އެވެ.
އެ އެކްސިޑެންޓްތަކުގައި ބޮޑެތި އަނިޔާތަކެއް އެއް ބަޔަކަށް ލިބެމުންދާ އިރު ދެ ޒުވާނަކު ވަނީ ނިޔާވެސްވެފަ އެވެ.
އެއީ ވެމްކޯގެ މުވައްޒަފަކާއި ކަރެކްޝަންސްގެ އޮފިސަރެކެވެ.
ސަރުކާރުން މިހާރު ވަނީ އެކްސިޑެންޓްތައް ހިނގަމުންދާތީ ފޯރިމަރަން ފުލުހުން ވެސް މަގުތަކަށް ނެރެފަ އެވެ.