މިއަދު ރޯވި ތަނުގައި 50 ބިދޭސީން ދިރިއުޅޭ: އެންޑީއެމްއޭ

މިއަދު ރޯވި ތަނުގައި 50 ބިދޭސީން ދިރި އުޅޭ ކަމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ(އެންޑީއެމްއޭ)ން ބުނެފި އެވެ.
މިއަދު މެންދުރު އަލިފާން ރޯވީ ހ. ދޫހިމެނރިގޭގަ އެވެ. ދެ ފަންގިފިލާއަށް ހަދާފައިވާ އެ އިމާރާތުގެ ތިރީ ފަންގިފިލާގައި ހިންގަމުން ދިޔައީ ކެފޭ އެކެވެ. ފުރަތަމަ އަލިފާން ރޯވިކަަމަށް ބެލެވެނީ ދެވަނަ ފަންގިފިލާގައި ހުރި ބަދިގޭގަ އެވެ.
އެ އަލިފާންގަނޑު ކޮންޓްރޯލްކޮށް އެއްކޮށް ނިއްވާލީ ހަތަރެއް ޖަހަން އުޅެނިކޮށެވެ.
އެންޑީއެމްއޭގެ އޮފިޝަލަކު ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގިތަނުން 50 ބިދޭސީން ރައްކާތެރި ތަންތަނަށް ބަދަލުކުރެވިފައިވާ ކަމަށެވެ.
ހަމަ އެހެންމެ ހަ ދިވެހިންވެސް ރައްކާތެރިތަނަށް ބަދަލު ކުރެވުނު ކަމަށެވެ.
"އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން ދަނީ އެއީ ކޮންކޮން ބައެއްތޯ އެއީ އެ ބޭފުޅުންނަށް އެހެީތެރިަކން ފޯރުކޮށްދިނުމަށް. އެ ބޭފުޅުން އައިޑެންޓިފައި ކުރެވުނީމަ އެ ދޭން ޖެހޭ ބޯހިޔާވަހިކަމާއި އަންނައުނާ އެ ކަންތައްތައް ވެސް ކުރިއަށް ގެންދާނެ. " އޭނާ ވިދާޅުވި އެވެ.
އަލިފާނުގެ އެ ހާދިސާގައި އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެެ. ނަމަވެސް އޭގެ ތަފްސީލެއް އަދި ނުލިބެ އެވެ.