ޚަބަރު

ކޮމިއުނިކޭޝަން އޮތޯރިޓީ ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހޯމް މިނިސްޓަރު އަލީ އިހުސާން

ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި އެވެ.

Ads by Hajj Corporation

މީގެ ކުރިން ކޭމް ހިންގަމުން ދިޔައީ މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު އުފެެއްދި ލޯކަލް ގަވާމަންޓް މިނިސްޓްރީގެ ދަށުން ނެވެ.

ރައީސް އޮފީހުން ނެރުނު ދެންނެވުމެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސަަސީގެ 116 ވަނަ މާއްދާގެ ދަށުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ލޯކަލް ގަވާމަންޓް މިނިސްޓްރީގެ ދަށުން ހިންގަމުން  އައި ކޭމް މިއަދުން ފެށިގެން ހޯމް މިިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އެހެން ނަމަވެސް އެ ބަދަލު ގެނައި ސީދާ ސަބަބެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

ކޮމިއުނިކޭޝަން އޮތޯރިޓީއަކީ ދާހިލީ ސަލާމަތާާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ މުއައްސަސާއަކަށްވާ އިރު ރާއްޖޭގައި މިހާރު މުވާސަލާތީ އެކި ވަސީލަތްތައް ބޭނުންކޮށްގެން ސްކޭމް ޖެއްސުމުގެ ކަންކަން މެކުހަށް ޖަހާފައިވާ ކަން ފާހަގަކޮށްލެވެ އެވެ.

މި ފަހުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގަމުން ދިޔަ ލޭބާ ރިލޭޝަންސް އޮތޯރިޓީ ވެސް ހޯމް މިނިސްޓްރީ ދަަށަށް ވަނީ ބަދަލުކޮށްފަ އެވެ.

މިއާ އެކީ އެ މިނިސްޓްރީގެ ދަށުގައި ހިމެނޭ އިދާރާތައް 10 އަށް ވުރެ ގިނަ ވީ އެވެ.

އޭގެ ތެރޭގައި ފާހަގަކޮށްލެވޭ ތަންތަނަކީ ފުލުހުން، ކަރެކްޝަންސް، އިމިގްރޭޝަން، ނެޝަނަލް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް، ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން ހިމެނެ އެވެ.

Ads by HDC
  1. ޙޫއަދި

    މިހާރުު ދެންް ސެންބެެ( ނައިބުރައީސ)ދުއްވާލައިފައިި އެމަޤާމަށްް އައުމަށްް ތިކުރައްވަވާާ ހިތްވަރަށްް ސާބަސްް،.ރރ.މއޒޒ ގެެ ތާއީދުވެސްް ލިބެމުންދާތީީ އަދިވަރުގަދަަ ކޮށްލާ