ޚަބަރު

ރަސްދޫގެ އާންމު ތަންތަނުގައި ބަރަހަނާ ފިލްމު ކުޅުނު މައްސަލައެއް ބަލަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރަސްދޫ މަތިން ނަގާފައިވާ ފޮޓޯއެއް

އއ. ރަސްދޫގެ އާންމު ތަންތަނުގައި ބަރަހަނާ ފިލްމުތަކެއް ކުޅުނު ކަމަށް ބުނާ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

Ads by STELCO

ސޯޝަލް މީޑިއާގައި އަޑު ފެތުރިފައިވާ ގޮތުން އެކަން ކޮށްފައިވަނީ ރަޝިއާގެ ދެ ޖިންސުގެ ބައެކެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ރަސްދޫގެ މަގުތަކާއި ބީޗުގައި ޓޫރިސްޓުންތަކެއް ބަރަހަނާ ފިލްމުތަކެއް ކުޅުނު މައްސަަލަ އެއް އަދި އެފަދަ ޝަކުވާއެއް ވެސް ފުލުހުންނަށް ލިބިފައެއް ނުވާ ކަމަށެވެ.

އެހެން ނަަމަވެސް ސޯޝަލް މީޑިއާގައި އެފަދަ ވާހަކަތަކެއް ދައުރުވަމުންދާތީ ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

މީގެ ކުރިންވެސް ފަތުރުވެރިންތަކެއް ރާއްޖޭގައި އަހުލާގީ ގޮތުން ދަށް ފެންވަރުގެ އަމަލުތަކެއް ފެންނަ ވީޑިއޯއެއް ރާއްޖޭގައި ޝޫޓްކުރި މައްސަލައެއް ހޫނުވި އެވެ.

Ads by HDC
  1. އަހުމަދު

    މިހާރުން މިހާރަށް މި އިސްލާމީގައުމުގައި އެކަން ކޮށްފައިވޭތޯ ބަލާ ޝަރީއަތްކޮށް ސާބިތު ހިފިއްޖެނަމަ ހުކުމް ވަގުތުން ތަންފީޒް ކުރުމަށް ގޮވާލަން މިކަމުގައި ފަރުވާކުޑަނުކޮށް ﷲއަށް ބިރުވެތިވެ އެއް ކަލާނގެ ޝަރީއަތް ތަންފީޒް ކުރަންވާނީ ޑީޕޯޓެއް ނޫކުރާނީ އެހެން ގޮތް ގޮތް އިހްތިޔާރު ކުރާނަމަ އިސާހިތަކުން ﷲގެ ކޯފާ އަތުވެދާނެއެވެ

  2. ހިޔަލަ ޕެޔާ

    މުއިއްޒު ދިވެހިންގެ ރާއްޖެ
    އރއްވެސް ތާކުން ތާކުޖެހޭ ކަމެއް މުއިއްޒު ކުރޭތަ

    • ތިޔަ ފިލްމު ކުޅުނީ މުޢީޒް ތަ

    • ވެރިކަމުގައި ތިބޭފުޅާ ހުއްޓަސް ބަރަހަނާ މަންޒަރު ތައް ކުޅޭމީހުން ކުޅޭނެ. ބަރަހަނާ ސައިޓް ތައް ބްލޮކް ކުރީވެސް ހަމަ މުއިޒް

      ވެރިކަމުގައި ތިބޭފުޅާ ހުއްޓަސް ބަރަހަނާ މަންޒަރު ތައް ކުޅޭމީހުން ކުޅޭނެ. ބަރަހަނާ ސައިޓް ތައް ބްލޮކް ކުރީވެސް ހަމަ މުއިޒް